މުސްޠަފާ ތަރާވީހް ނަމާދުކުރަން މިރޭ މާޅޮހަށް

މުސްޠަފާ އޭދަފުށީ ހުކުރު މިސްކިތުގަިއ ތަރާވީހު ނަމާދު ކުރަނީ. މިރޭ އޭނާ ތަރާވީހު ނަމާދު ކުރާނީ މާޅޮހުގައި

މި ރަމަޟާންމަހު އޭދަފުށީ ހުކުރު މިސްކިތުގައި ތަރާވީހް ނަމާދު ކުރަމުން އަންނަ އުމުރުން 11 އަހަރުގެ މުހައްމަދު މުސްތަފާ، މިރޭ ބ. މާޅޮހުގައި ތަރާވީހް ނަމާދުކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

މުސްތަފާގެ ބައްޕަ އީޓީ އާ ވާހަކަ ދައްކަމުން ބުނީ މުސްތަފާ ތަރާވީހު ނަމާދު ކުރުމަށް މިރޭ މާޅޮހަށް ދާން ނިންމީ އެރަށުގެ މީހުންގެ އެދުމުގެ މަތިން ކަމަށެވެ. އޭނާ ބުނި ގޮތުގައި މުސްތަފާ ތަރާވީހް ނަމާދު ކުރުމަށް ވަރަށް ގިނަ ރައްރަށުން އެދެމުން އަންނަނީ އެދެމުންނެވެ.

ދާދި ފަހުން އިންޑިޔާގައި ޤުރުއާން އެއްކޮށް ހިތުދަސްކުރުމަށްފަހު ރާއްޖެއައި މުސްތަފާއަކީ އެގިފައިވާގޮތުގައި މިހާތަނަށް ރާއްޖޭގައި ހިފްޒްކޮށް ތަރާވީހްނަމާދެއް އިމާމްވެ ކުރާ އެންމެ ހަގު ކުއްޖާއެވެ. ރޯދަމަސް ފެށުނު ތަނާ ރާއްޖޭގެ ވަރަށް ގިނަ މީޑިޔާތަކުން އޭނާގެ ވާހަކަ ގެނެސްދިނެވެ. ބައެއް މަޝްހޫރު މީޑިޔާތަކުން އޭނާ އިމާމްވެ ތަރާވީހް ނަމާދުކުރާ މަންޒަރު ލައިވްވެސް ކުރިއެވެ. ގިނަ ބަޔަކު މިހާރު އޭނާ ސިފަކުރަނީ ގުރުއާނަށް ފަރިތަ ހިތްވަރުގަދަ ކުއްޖެއްގެ ގޮތުގައެވެ.

އެންމެ އެގާރަ އަހަރުގައި ހިފްޒްކޮށް އިމާމްވެ ތަރާވީހް ނަމާދުކުރަންފެށުމާއެކު އެތައް ހާސްބައެއްގެ މަގްބޫލްކަން ހޯދި މުސްތަފާ މިހާރު ވަނީ އޭދަފުށީގައި ހުންނަ މައިކޮލެޖްގެ ކެމްޕަހުގައި ކިޔަވާ އުމުރުން ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުދިންނަށް ގުރުއާން ކްލާސްތަކެއް ނަގައިދޭންވެސް ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.