އޭދަފުށިން ދީނީ ތިން ސުވާލު (13)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. ޖަމާއަތުގައި ނަމާދުގައި ރަކުއަތް ލިބޭނީ މައުމޫމާ ލަސްވެގެން ކޮންއިރެއްގެ ކުރިން ހަށަން ބަނދެގެންތޯ؟
ޖަވާބު: އިމާމު އާއެކު ރުކޫއިން މިންވަރެއް ލިބިއްޖެނަމަ ރަކުއަތް ލިބޭނެ.

 

2. ސުންނަތް ނަމާދުތަކުގައި ސަޖިދައިގައި އޮންނައިރު ދިވެހިބަހުން ދުއާ ކުރުމަކީ ކޮނަކަހަލަ ކަމެއް؟
ޖަވާބު: ޖުމްހޫރު އިލުމުވެރިން ދެކިލައްވާގޮތުގައި ނަމާދު ތެރޭގައި ދުޢާ ކުރަންޖެހޭނީ އަރަބި ބަހުން

 

3. އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާ މީހެއްގެ ޑިއުޓީ ގަޑިއާއި ތަރާވީހް ނަމާދާ ދިމާވާއިރު ތަރާވީހު ނަމާދުކުރަން ދާން ވެރިމީހާ ހުއްދަ ނުދީފިނަމަ ވެރިމީހާ ފާފަވެރިވާނެތޯ؟
ޖަވާބު: ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު މީހުން ތިބެންޖެހޭ. ވީމާ ޑިއުޓީއާ ދިމާވުމުގެ ސަބަބުން ތަރާވީހަށް ނުދެވުނު ނަމަވެސް ދިޔަ މީހަކަށް ސަވާބު ލިބޭ މިންވަރަށް ލިބޭނެ.

 

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.