ވެސްޓް ވިންގް ޖަމިއްޔާއިން އޭދަފުށީގެ މިސްކިތްތަކަށް، މުޞްހަފްތަކެއް ހަދިޔާކޮށްފި އެވެ.
އޭދަފުށީ ކައުންސިލުގައި އިއްޔެ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވެސްޓް ވިންގް ޖަމިއްޔާއިން ވަނީ މިސްކިތްތަކަށް 50 މުޞްހަފް ހަދިޔާކޮށްފަ އެވެ.
އެ މުޝްހަފްތައް އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން އާ ހަވާލުކޮށްދެއްވީ ވެސްޓް ވިންގުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު އަބްދުލް ފައްތާހު އެވެ.
ވެސްޓް ވިންގް ޖަމިއްޔާ އަކީ ކުރިން ހުސް ސޮގުންގެ ނަމުގައި ހަރަކާތްތެރިވި އޭދަފުށީ ހުޅަނގު އަވަށަށް ނިސްބަތްވާ ޒުވާނުންގެ ގްރޫޕުމެވެ. އެ ޖަމިއްޔާ ރަސްމީކޮށް އިފްތިތާހް ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ.