ކައުންސިލުން ހުއްދަ ދިނަސް އޭސީ އަދި ޖެއްސޭކަށް ނެތް

އޭދަފުށި މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް) ގައި ހަރުކޮށްފައިވާ އޭސީ ތައް ޖެއްސުމަށްޓަކައި ކަރަންޓް ދިނުމުގެ ހުއްދަ އޭދަފުށީ ކައުންސިލުން ދިން ނަމަވެސް އަދި އޭސީތައް ޖެއްސޭން ނެތްކަމަށް އޭދަފުށީ އިންޖީނުގެއިން ބުނެފި އެވެ.

އޭދަފުށީ އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭސީތައް ޖެއްސުމަށްޓަކައި ކަރަންޓް ނުދެވި ލަސްވަނީ އެތަނުގެ ޓެކްނިކަލް ޓީމުން އެއްބަސް ނުވެގެންނެވެ.

“ޓެކްނިކަލް ޓީމުން އެއްބަސްނުވެގެން ކަރަންޓް ނުދެވެނީ، މިހާރުވެސް ލޯޑުގައި އެ ހުންނަނީ. ދެން އިތުރަށް އަދި 40-50 ކިލޯ ވީމާ ކިހިނެއް މިކަން ކުރާނީ. ޓެކްނިކަލް ޓީމުން ދެކޮޅު ހަދަންޏާ ހުއްދައެއް ނުދެވޭން،”

އިންޖީނުގެ އިން ބުނގޮތުގައި މިސްކިތު އޭސީތަކަށް ކަރަންޓް ދިނުމަށްޓަކައި ކޭބަލް މިހާރު ގުޅާފައިހުރީ ރަށުގެ އެންމެ ބާރު ބޮޑު އެއް ފީޑަރާ އެވެ. އެހެންވެ އެތަނުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ސީދާ އިންޖީނުގެއިން ކޭބަލް ގުޅާފައިވާ ޑިސްޓްރިބިއުޝަން ފޮށްޓަށް އާ ކޭބަލެއް ގުޅުމަށެވެ.

“ފީޑަރުތައް ބާރު ބޮޑީ، އެހެންވެ މިހާރު މަސައްކަތް ކުރަމުން މިދަނީ އިންޖީނުގެއިން 150ގެ އާ ކޭބަލެއް ކަރަންޓް ދީފައި އިން ފޮށްޓަށް އަޅަން، އޭރަށް ކަރަންޓް ދެވޭނެ،”

ހުކުރު މިސްކިތް ހޫނުގަދަވާ މައްސަލައަށް ހައްލެއް ހޯދުމަށް މިސްކިތް އޭސީ ކުރީ މި ރޯދައާ ދިމާކޮށް އެތަނުގެ ސީލިން އާ ކުރުމުގެ މަސައްކަތުގެ ތެރެއިން ނެވެ. އޭސީ ބެހެއްޓުމުގެ މައިގަނޑު ހުރިހާ މަސައްކަތެއް ކުރީ ހިލޭ ސާބަހަށް މިރަށުގެ ހުޅަނގު ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ބަޔެކެވެ.

އިންޖީނުގެއިން ބުނިގޮތުގައި އަލުން ކޭބަލު އަޅައިގެން މިކަން ކުރާނަމަ ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން މި ރޯދަމަހުވެސް ނިމިގެންދާނީ ހުކުރު މިސްކިތަށް ހޫނުގަދަވާ މައްސަލައަށް ހައްލެއް ނުގެނެވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Anonymous

    “ގޯހުން ގޯހަށް” ތީގެ މާނަ އަކީ މިސްކިތުގައި އޭ.ސީ ބެހެއްޓުމަށްޓަކަަައި 2 އަހަރު ވީއިރު ރަށު ކައުންސިލް އާއި ފެނަކަ ތިކަމަށް އެއްވެސް ވަރަކަށް ތައްޔާރު ވެފާ ނެތޭ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.