އޭދަފުށިން ދީނީ ތިން ސުވާލު (14)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. އުފަންދުވަސް ފާހަގަ ކުރުން (ބާތުޑޭ ޕާޓީ ބޭއްވުން، ބާތުޑޭ ކޭކެއް ފަޅާލުން، ބާތުޑޭ ވިޝްކުރުން) މިފަދަ ކަންތައް ކުރުމަކީ ދީނީ ނަޒަރަކުން ކޮންކަހަލަ ކަމެއްތޯ؟ ބައެއް މީހުން ބުނޭ ބޮޑު ހަފްލާއެއްގޮތަށް އެކަން ނުކުރާހާ ހިނދަކު އެއީ ކުރުން ހުއްދަކަމެއް ކަމަށް ދީނީ އިލުމުވެރިން ވިދާޅުވާ ވާހަކަ؟
ޖަވާބު: އުފަންދުވަސް ފާހަގަ ކުރުމަކީ ކްރިސްޓިއަނުންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މުސްލިމުންނަށް އައުރުވެވިގެން ވަނީ އެބައިމީހުންނާ ޚިލާފުވުމަށެވެ. ވީމާ އުފަންދުވަސް ފާހަގަކުރުން ހުއްދަވެގެން ނުވެއެވެ.

2. ހައިޟުގެ މުއްދަތު އަދި ތުޙުރުގެ މުއްދަތަކީ ކޮބައިތޯ؟
ޖަވާބު: ހައިޟުގެ މުއްދަތަކީ ޕީރިއަޑުވެފައި ހުންނަ ދުވަސް ވަރެވެ. ތުހުރަތުގެ މުއްދަތަކީ ޕީރިއަޑު ނޫން ދުވަސްވަރެވެ.

3. ރޯދަ މަހެއްގައި ތުހުރަތް 13 ދުވަހަށް ވީ 13 ދުވަހު ހިފި ރޯދަ އަލުން ހިފަން ޖެހޭނެތޯ؟
ޖަވާބު: ތުހުރުގެ ދުވަސްވަރު ހިފާ ރޯދަ ސައްހަވާނެ އެވެ.

3. އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާ މީހެއްގެ ޑިއުޓީ ގަޑިއާއި ތަރާވީހް ނަމާދާ ދިމާވާއިރު ތަރާވީހު ނަމާދުކުރަން ދާން ވެރިމީހާ ހުއްދަ ނުދީފިނަމަ ވެރިމީހާ ފާފަވެރިވާނެތޯ؟
ޖަވާބު: ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު މީހުން ތިބެންޖެހޭ. ވީމާ ޑިއުޓީއާ ދިމާވުމުގެ ސަބަބުން ތަރާވީހަށް ނުދެވުނު ނަމަވެސް ދިޔަ މީހަކަށް ސަވާބު ލިބޭ މިންވަރަށް ލިބޭނެ.

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.