އިމާމުވެ ތަރާވީހު ނަމާދުކުރަން މުސްޠަފާ ރ. މަޑުއްވަރީއަށް

މުސްޠަފާ ރ. މަޑުއްވަރީގައި. އެރަށު މިސްކިތުގަިއ މިރޭ އިމާމވެ ތަރާވީހު ނަމާދު ކުރާނީ މުސްތަފާ: / ނިއަމިފޮޓޯ

މި ރޯދަމަހު އޭދަފުށީގައި އިމާމްވެ ތަރާވީހް ނަމާދުކުރަމުން އަންނަ އެގާރަ އަހަރުގެ މުސްތަފާ މުޙައްމަދު މިރޭ އިމާމުވެ ތަރާވީހު ނަމާދު ކުރުމަށް ރ. މަޑުއްވަރީއަށް ހިގައްޖެ އެވެ.

މަޑުއްވަރީ ބޮޑު މިސްކިތުގައި އިމާމުގެ ތަރާވީހު ނަމާދުކުރުމަށް މުސްތަފާ އެރަށް ދިޔައީ އެރަށު ކައުންސިލުގެ އެދުމުގެ މަތިނެވެ. މުސްޠަފާ އިމާމުވެ ތަރާވީނު ނަމާދުކުރުމަށް ގިނަ ރަށްރަށުން އަންނަކަމަށް އެދެމުންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ މާޅޮހު ކައުންސިލުގެ އެދުމުގެ މަތިން މުސްތަފާވަނީ އެރަށުގައި އިމާމުވެ ތަރާވީހު ނަމާދުކޮށްފަ އެވެ.

ދާދި ފަހުން އިންޑިޔާގައި ޤުރުއާން އެއްކޮށް ހިތުދަސްކުރުމަށްފަހު ރާއްޖެއައި މުސްތަފާއަކީ އެގިފައިވާގޮތުގައި މިހާތަނަށް ރާއްޖޭގައި ހިފްޒްކޮށް ތަރާވީހްނަމާދެއް އިމާމްވެ ކުރާ އެންމެ ހަގު ކުއްޖާއެވެ. ރޯދަމަސް ފެށުނު ތަނާ ރާއްޖޭގެ ވަރަށް ގިނަ މީޑިޔާތަކުން އޭނާގެ ވާހަކަ ގެނެސްދިނެވެ. ބައެއް މަޝްހޫރު މީޑިޔާތަކުން އޭނާ އިމާމްވެ ތަރާވީހް ނަމާދުކުރާ މަންޒަރު ލައިވްވެސް ކުރިއެވެ. ގިނަ ބަޔަކު މިހާރު އޭނާ ސިފަކުރަނީ ގުރުއާނަށް ފަރިތަ ހިތްވަރުގަދަ ކުއްޖެއްގެ ގޮތުގައެވެ.

އެންމެ އެގާރަ އަހަރުގައި ހިފްޒްކޮށް އިމާމްވެ ތަރާވީހް ނަމާދުކުރަންފެށުމާއެކު އެތައް ހާސްބައެއްގެ މަގްބޫލްކަން ހޯދި މުސްތަފާ މިހާރު ވަނީ އޭދަފުށީގައި ހުންނަ މައިކޮލެޖްގެ ކެމްޕަހުގައި ކިޔަވާ އުމުރުން ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުދިންނަށް ގުރުއާން ކްލާސްތަކެއް ނަގައިދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.