މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
1. ހުކުރު ޚުތުބާގައި ދުޢާ ކިޔާއިރު “އާމިން” ކިޔުން ހުއްދަތޯ؟
ޖަވާބު: އާމީން ކިޔަން ވާނެ
2. މޯބައިލް ފޯނުގައި އޮރިޔާން ފޮޓޯ/ވީޑިއޯ ހުރެ އެ ފޯނު ޖީބަށް ލައިގެން ކުރާ ނަމާދު ކަމުދަނެ ތޯ؟
ޖަވާބު: އެފަދަ ފޮޓޯ ބަހައްޓައިގެން ނުވާނެ. ހުރި ނަމަވެސް ނަމާދަކަށް އަސަރެއް ނުކުރާނެ
3. ހުކުރު ހުތުބާ ކިޔާ ވަގުތު މިސްކިތުގެ ފެންޑާމަތީ ތިބެ ވާހަކަ ދެއްކުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖ. ހުކުރު ހުތުބާ ކިޔާ ވަގުތުގައި ވާހަކަ ދެއްކުމަކީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ މަނާ ކުރައްވާފައިވާ ކަމެކެވެ.
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.