ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމަށް ބައެއް ވަޒީރުންނާ މަޝްވަރާކޮށްފި

އޭދަފުށީގެ ތަރައްގީއަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުން ބައެއް ވަޒީރުންނާ އޭދަފުށީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން ބައްދަލުކުރެއްވި މިނިސްޓަރުންގެ ތެރޭގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު  އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ.

 

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން މިއަދު “އީޓީ” އަށް ވިދާޅުވި ގޮތުގައި، ރޭ މިނިސްޓަރުންނާއެކު ބޭއްވި ނުރަސްމީ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ރަށުގެ ތަރައްގީއަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭ ގޮތުންނެވެ. އެގޮތުން އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއު ލަސްވަމުންދާތީ އެކަމާ ގުޅޭ ގޮތުންނެވެ

 

“މީގެ އިތުރުން އޭދަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުއާ ގުޅޭ ގޮތުންނާއި ރަށުގައި އިތުރު ބަނދަރެއް ހެދުމާއި ގުޅޭ ގޮތުން އަދި ބޮޑު މިސްކިތުގެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު. އަދި ރަށުގެ ސިއްހީ ދާއިރާގައި ހުރި ދަތިތަކާ ގުޅޭ ގޮތުންނާއި ސިއްހީ ދާއިރާގެ ފެންވަރު މަތި ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވުނު،”

 

މީގެ އިތުރުން ހައުސިން މިނިސްޓްރީގެ ޕްލޭނިންގެ ބޭފުޅުންނާ މިއަދު ބައްދަލުކޮށް ރަށުގެ ތަރައްގީގެ ޕްލޭން ފައިނަލް ކުރުމާގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ތޮލާލު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.