މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
1. އަސުރު ނަމާދުގެ ތިން ވަނަ ރަކުއަތުގައި ބައިވެރިވެވުނު މީހާ، ނަމާދު ނިމުމުން ތެދުވެ ގެއްލުނު ދެ ރަކުއަތް ކުރާއިރު ސޫރަތް ކިޔަވަން ޖެހޭނެތޯ؟
ޖަވާބު: ނުޖެހޭނެ އެވެ.
2. ދުވަހަކުވެސް މާފު ނުކުރާނަމޭ މީހަހާ ދިމާލަށް ބުނުން އެއީ ފާފައެއްތޯ؟
ޖަވާބު: ފާފައެއް ނޫން. އެކަމަކު ރަނގަޅު ގޮތަކީ ނުބުނުން
3. ދުއާ ކުރާއިރު ދުއާގެ މާނަ ނޭނގުނަސް ދުއާ ކުރެވިދާނެ ތޯ؟
ޖ. ލައްބަ. ކުރެވިދާނެ
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.