ބޮޑު މިސްކިތުގައި އޭސީ ޖައްސައިފި

އޭދަފުށީ ހުކުރު މިސްކިތުގަިއ މި ރޯދަމަހު ބަޔަކު ނަމާދު ކުރަނީ. މިސްކިތުގެ ކާޕެތް އާކުރަން ދެލައްކައަށްވުރެ ގިނަ ރުފިޔާނަގަން ކައުންސިލުން ވަނީ ފާސްކޮށްފައި. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

އޭދަފުށި މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) ގައި ހަރުކޮށްފައިވާ އޭސީ ތައް ޖައްސައި ބޭނުން ކުރަން ފަށައިފި އެވެ.

އޭސީ ތައް ޓެސްޓްކޮށް ބޭނުން ކުރަށް ފަށާފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އެވެ.

ބޮޑު މިސްކިތް ހޫނުގަދަވާ މައްސަލަ އަށް ހައްލެއް ހޯދުމަށް މިސްކިތް އޭސީ ކުރުމުގެ މަސައްކަތް ފެށީ މި ރޯދައާ ދިމާކޮށް އެތަނުގެ ސީލިން އާ ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ރޯދައަށް އޭސީތައް އިންޓޯލްކޮށް ނިމުނު ނަމަވެސް އޭސީ ބޭނުން ކުރުން ލަސްވީ އޭސީއަށް ކަރަންޓް ލުމުގައި މައްސަލަތަކެއް ދިމާވެގެން ކަމަށްވެ އެވެ.

ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި އޭސީ ޖައްސަން ހުއްދަ ދިނީ ކައުންސިލުގެ ބަޖެޓުން އެކަން ހަމަޖެހޭނެ އުސޫލެއް ހަމަޖައްސާފައެވެ. އެގޮތުން އޭސީ ފުރަތަމަ ޖައްސާނީ މި ރޯދަމަހުގެ ނިޔަލަށް ތަރާވީހު ނަމާދުގަ އާއި ދަމު ނަމާދުގެ އިތުރުން ހުކުރު ނަމާދު ވަގުތުތަކުގަިއ އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

“ނަމަވެސް ރޯދަމަހަށްފަހު އޭސީތައް ޖެއްސުމާމެދު ގޮތެއް ނިންމާނީ ކައުންސިލާއި، ރައްޔިތުންނާއެކު މަޝްވަރާކޮށް، ކަރަންޓް ބިލް ދެއްކުމަށް ހަމަޖެހޭ އުސޫލުތަކަށްފަހު،”

ހުކުރު މިސްކިތުގައި ހަރުކުރި 10 އޭސީ ހަދިޔާކުރީ އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ. އެއާކޯންތައް ބެހެއްޓުމާބެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އޭދަފުށީ ހުޅަނގު ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ބަޔެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.