އޭދަފުށިން ދީނީ ތިން ސުވާލު (18)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. ފަރުޟު ހިނެއުމަކުން ހިނައިގަންނަން ޖެހިފައި ހުއްޓާ ހަނދާންނެތިގެން ހިނައި ނުގަނެ ނަމާދު ކުރެވުނީ. ދެން ނަމާދުކުރިފަހުން އެކަން ހަނދާންވީ. އޭރު އަލުން ނަމާދުކުރާނެ ވަގުތުވެސް އޮތް. އެ ހާލަތުގައި އެ ނަމާދު އަލުން ކުރަން ޖެހޭނެތޯ؟
ޖ. ޖިމާއުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ޖުނުބުވެރިވެހުރެ، ހަނދާންނެތިގެން ހިނައިގަނެ ނަމާދުކޮށްފިކަމަށް ވަނީނަމަ، ހަނދާންވިއިރަކުން އަވަހަށް ލަސްނުކޮށް އެ ނަމާދުތައް އަލުން ކުރާނީ އެވެ. މިކަމުގެ ދަލީލަކީ އިބްނު ޢުމަރު ރަޟިއަﷲ އަންހު އެއްދުވަހެއްގެ ފަތިން ނަމާދު ހަނދާންނެތިގެން ހިނައިނުގަނެ ނަމާދު ކުރެއްވި އެވެ. ފަހުން އެކަލޭގެފާނު އެކަން ހަނދާންވުމުން ނަމާދު އިއާދަ ކުރެއްވި އެވެ. ނަމަވެސް މައުމޫނުންނަށް ނަމާދު އިއާދަ ކުރުމަށް އަމުރު ނުކުރައްވައެވެ. އެހެންކަމުން އިމާމާ ޖުނުބުވެރި ހާލަތުގައި ނަމާދު ކުރިނަމަވެސް މައުމޫމުންގެ ނަމާދު އިންޝާﷲ ސައްހަވާނެ އެވެ. ނަމާދު އިއާދަކުރަން ޖެހޭނީ ހަމައެކަނި އިމާމު މީހާއަށެވެ. والله أعلم

2. ނަމާދުގައި ހުންނައިރު ދުނިޔަވީ ހިޔާލުތަކުން ދުރުވާނީ ކިހިނެއް؟
ޖަވާބު: ނަމާދުގައި ކިޔާ ތަކެއްޗާއި މެދުގައި ވިސްނާ ފިކުރު ކުރީމަ

3. ޖަމާއަތުގައި ނަމާދުގެ ސަވާބު ލިބޭނީ އެންމެ މަދުވެގެން ކިހާ މިންވަރެއް އިމާމުމިހާއާއެކު ކޮށްގެންތޯ؟
ޖ. އިމާމާއެކު ރަކުއަތެއް ލިބިގެން. ރަކުއަތެއް ލިބޭނީ ރުކޫ ލިބިގެން

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.