ފޭލި ގުރުއާން މުބާރާތް މާދަމާ ރެއަށް އަވަސްކޮށްފި

ފޭލި ގުރުއާން މުބާރާތުގައި މިދިޔަ އަހަރު ދަރިވަރަކު ކިޔަވަނީ. މިއަހަރުގެ މުބާރާތް މާދަމާރޭ ފަށާނެ

އަންނަ ބުރާސްފަތި ދުވަހުގެރޭ ބާއްވަން އޮތް ފޭލި ގުރުއާން މުބާރާތް މާދަމާ ރޭ ފަށާގޮތަށް އަވަސްކޮށްފި އެވެ.

މިހާރު ހަމަޖެހިފައިވާގޮތުން މި މުބާރާތް ކުރިއަށްދާނީ ޖޫން 14-17 އަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

ފޭލި ޖަމިއްޔާއިން ބުނީ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓް އަދި ދަރިވަރުން ކިޔަވަންޖެހޭ ގޮތުގެ ޝެޑިއުލް މިހާރު ފޭލި ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އަދި ފޭލި ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ފޭލި ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާއިން ރޯދަމަހުގެ މުނާސަބަތުގައި އަހަރަކު އެއް ފަހަރު ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާ މީހުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައިވެސް ހަތަރު ސަތޭކައެއްހާ މީހުންނާއި ކުދިން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މި މުބާރާތަކީ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭގޮތަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އަދި މިއީ މިއަތޮޅުގައި އެންމެ ގިނަ ބަޔަލު ވާދަކުރާ ގުރުއާން މުބާރާތެވެ.

2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޭލި ގުރުއާން މުބާރާތަކީ ކީރިތި ގުރުއާން ހިތު ދަސްކުރުމާއި ތަޖްވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔަވާ މީހުން އޭދަފުށީގައި އުފެއްދުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން މި މުބާރާތް ބާއްވާ 15 ވަނަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.