އޭދަފުށިން ދީނީ ތިން ސުވާލު (19)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. ސޯޅަ އަހަރު ނުފުރެނީސް ކުދިން ކައިވެނިކުރުން ގާނޫނަކުން މަނާކުރެވިދާނެތޯ؟
ޖަވާބު: ފިރިހެނަކަށް ވިޔަސް އަދި އަންހެނަކަށް ވިޔަސް، ކައިވެނިކުރުމަށް ވަކި އުމުރެއް ޝަރީޢަތުގައި ކަނޑައަޅުއްވާފައެއް ނުވެ އެވެ. ސޫރަތުއްތަލާޤުގެ ހަތަރުވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެ އެވެ.

(وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ)

މާނައީ؛ އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ އުއްމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ އިއްދައިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ އެކަބަނލުންގެ އިއްދައަކީ، އަދި ހައިޟް ނުވާ މީހުންގެ އިއްދަ އަކީ ވެސް ތިންމަސް ދުވަހެވެ.” މި އާޔަތުގެ ތަފްސީރުގައި އިމާމު ސަދީ-ރަހިމަހުﷲ ވިދާޅުވެފައިވެ އެވެ. ” (وَاللَّائِي لَمْ يَحِضْنَ) އަދި ހައިޟުނުވާ މީހުންގެ އިއްދައަކީވެސް ތިންމަސް ދުވަހެވެ،” އޮތް ބަސްފުޅުގެ މުރާދަކީ ހައިޟުގެ އުމުރަށް ނޭޅޭ ކުޑަކުދިންނެވެ. އަދި އުމުރުގައި ދުވަހަކުވެސް ހައިޟުނުވާ ބާލިޣުވެފައިވާ އަންހެނުންނެވެ. މިފަދަ މީހުންގެ އިއްދައަކީ ހައިޟުން ކޭނޑިފައިތިބޭ މީހުން ފަދައިން ތިން މަސް ދުވަހެވެ،”

ސަހީހުލް ބަކުހާރީ އަދި މުސްލިމުގައި އައިސްފައިވެ އެވެ.
“ކީރިތި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އައިޝާ ރަޟިއަﷲ އަންޙާ އާއި ކައިވެނި އަގުދު ކުރެއްވިއިރު އެކަމަނާގެ އުމުރުން 6 އަހަރެވެ. އަދި އެކަމަނާއާއެކު ރޭ ކުރެއްވިއިރުގައި އުމުރުފުޅުން 9 އަހަރެވެ”

އިމާމު އިބްނު ގުދާމާ ރަޟިއަﷲ ވިދާޅުވި އެވެ.
“ކުފޫ ހަމަވާކަމަށްވަނީނަމަ އުމުރުން ނުވަ އަހަރު ހަމަނުވާ އަންހެންކުދިން ކައިވެނިކޮށްދިނުމުހެ ހައްގު އެކުދިންގެ ބައްޕައަށް ލިބިގެންވާ ކަމާމެދުގައި އިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ،”

އިމާމު އިބްނު މުންޒިރު ރަޟިއަﷲ ވިދާޅުވި އެވެ.
“ކުފޫ ހަމަވާ މީހަކާނަމަ ކޮންމެ އުމުރެއްގެ އަންހެން ކުއްޖަކަށްވެސް ކައިވެނިކޮށްދިނުމުހެ ހައްގު އެކުއްޖާގެ ބައްޕައަށް ލިބިގެންވާ ކަމާމެދުގައި ތިމަންމެން ދަންނަ ހުރިހާ އިލްމުވެރިން އިއްތިފާޤުވެލައްވަ އެވެ. އެއީ އަންހެން ކުއްޖާގެ ނުރުހުމުގައި ކޮށްދެވުނު ކައިވެންޏެއް ކަމުގައިވީ ނަމަވެސް އެވެ،”

ނަމަވެސް މިކަމުގައި ހަނދާން ބަހައްޓަން ޖެހޭނެ ކަމަކީ ޅަ ޢުމުރުގައި ކައިވެނިކޮށްދެވޭނީ އެކަމުގައި ދީނީގޮތުން ގަބޫލުކުރެވޭފަދަ މައްސަލައެއް އޮތްނަމަ އެވެ. ކުއްޖާގެ މުދަލަށްވެސް ރައްކާތެރިވާ ފަދައިން އެކުއްޖާގެ އެހެނިހެން ކަންތައްތަކަށްވެސް ރައްކާތެރިވެ، ކުއްޖާއަށް އެންމެ މަސްލަހަތު ރަނގަޅުގޮތް ހޯދައިދިނުމަކީ ބައްޕަގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމާއި މެދުގައި ހަނދާނުގައި ބަހައްޓަންވާނެ އެވެ. والله أعلم

2. މީހަކު މަރުވެގެން ސާޅީސް ފުރުނީމަ ކައްކާފަ މީހުނަށް ކާން ދިނުމަކީ ކޮންކަހަލަ ކަމެއްތޯ؟
ބިދުއައެއް

3. ފިރިހެނުންގެ ބޮލުގައި ނުވަތަ ތުބުޅީގައި ހުންނަ ނުރަ ކަޅުކުރަން ނުވަތަ އޭގައި އެއްވެސް ކުލައެއް ޖެއްސުން ހުއްދަވާނެތޯ؟
ޖަވާބު: ކަޅުކުލަ ނޫން ކުލައެއް ޖެއްސިދާނެ

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.