ބ. އަތޮޅުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

މިއަދުގެ މެންދުރު ނަމާދަށްފަހު ދޮންފަނުގައި މިސްކިތުގައި ދީނީ ނަސޭހަތްދެނީ. ފޮޓޯ/ބ. އަތޮޅު ކައުންސިލް

ރަމަޟާން މަހާ ގުޅުވައިގެން ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބ. އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ފަށައިފި އެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމު މިއަހަރުވެސް އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރަށްރަށުގެ މިސްކިތްތަކުގައި މެންދުރު ނަމާދާއި އަޞްރުނަމާދަށް ފަހު މި ޕްރޮގްރާމު ކުރިއަށްދާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

މި ޕްރޮގްރާމުގައި ދީނީ ނަސޭހަތް ދެއްވަނީ އިސްލާމިކް އެފެއާޒްގެ ޝެއިޚް ހަސަން ތައުފީގް އަދި ޝެއިޚް އަޙްމަދު ފަހްމީ ދީދީ އެވެ.

ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.