އޭދަފުށީ ކައުންސިލު އޮޑިޓް ކުރަނީ

އޭދަފުށީ ކައުންސިލް އިދާރާ

އަލަށް އިންތިހާބުކުރި ކައުންސިލުން އޭދަފުށީ ކައުންސިލުގެ މިދިޔަ ދައުރުގެ އިންޓާނަލް އޯޑިޓެއް ކުރުމަށް ނިންމައިފި އެވެ.

އަމިއްލަ ގޮތުން ކައުންސިލަށް މިފަހަރު އިންތިހާބުވި ޒައިދު އަލީ ހުށަހެޅުއްވި މި މި މަސައްލަ ފާސްވީ ކައުންސިލުގެ ހަތަރު މެންބަރުންގެ ވޯޓާއެކު އެވެ.

މި ނިންމުމުގައި ވަނީ، 2014 ފެބުރުވަރީ 26ން 2017 ޖޫން 2 ވަނަ ދުވަހާ ހަމައަށް އަތޮޅު ކައުންސިލް މެދުވެރިކޮށް އިންޓާނަލް އޮޑިޓެއް ކޮށްދިނުމަށެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ކައުންސިލް އޮޑިޓް ކުރަން ނިންމީ ނިމިދިޔަ ކައުންސިލުން ނިންމައި، ތަންފީޒުކުރަމުންދާ ކަންކަމާއި، ކޮށްނިމިފައިވާ ކަންކަން މިހާރުގެ ކައުންސިލަށް ރަސްމީކޮށް ކިޔާނުދީ އޮތުމުންނެވެ.

“މިއީ ނިމިދިޔަ ކައުންސިލުގެ ބޮލުގައި އިލްޒާމެއް އެޅުވުމުގެ ނިޔަތުގައި ހުށައެޅުނު މައްސަލައެއްކަމަށް ނުދެކެން،”

ތޮލާލު ވިދާޅުވި ގޮތުގައި ކުރީގެ ކައުންސިލުން ނިންމާފައިވާ ބައެއް ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ އޮޅުންތައް އަރާ ކަމަށާ، އެކަންކަން ސާފުކޮށް ކުރިޔަށް ދެވޭނެ މަގު މިއޮޑިޓަށްފަހު އަވަސްވާނެ އެވެ.

“އޮޑިޓަށްފަހު ރައްޔިތުންނަށްވެސް ކަންކަން ސާފުކޮށްދޭން ފަސޭހަވާނެ”

އޭދަފުށީ ކައުންސިލުން ބުނީ އޮޑިޓް ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ވަރަށް އަވަހަށް އަތޮޅު ކައުންސިލްގައި ދަންނަވާނޭ ކަމަށެވެ

އޭދަފުށީ ކައުންސިލުގެ މިދިޔަ ދައުރު އޮޑިޓްކުރަން ނިންމާފައިވާއިރު އާ ކައުންސިލު އޮފީހާ ހަވާލުވި ހަފްތާ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ނައްތާލަން އުޅުނުކަމުގެ އަޑުތައްވަނީ ފެތުރިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.