ދަރަވަންދޫ ޔޫތް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ފްރެންޑްސް ޔުނައިޓެޑަށް

ދަރަވަންދޫ ޔޫތް ފުޓްސަލް ޗެލެންޖްގެ ޗެންޕިއަން ޓީމް ފްރެންޑްސް ޔުނައިޓެޑް | ފޮޓޯ:ފޭސްބުކް

ދަރަވަންދޫ ކައުންސިލުން އިސްނަގައިގެން ޔޫތް ފުޓްސަލް ޗެލެންޖުގައި ނަމުގައި އެރަށުގައި މި ރޯދަމަހު ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް ފްރެންޑްސް ޔުނައިޓެޑް ޓީމު ހޯދައިފިއެވެ. އެ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކިހާދުއްފަރު ރިސޯޓުގެ ޓީމާއި ވާދަކޮށް ޕެނަލްޓީގައި 10-9 އިން މޮޅުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު ދެޓީމު އެއްވަރުވީ 6-6 އިންނެވެ.

މެޗުގައި ފުރަތަމަ ހާފުގައި ދެގޯލުގެ ލީޑެއް ނެގީ ފްރެންޑްސް ޔުނައިޓެޑް ޓީމުންނެވެ. ނަމަވެސް ދެވަނަ ޖާފުގައި ޓީމު ކިހާއިން ވަނީ އިތުރު ގޯލެއް ޖަހައި 2-1 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ. ތިންވަނަ ގޯލާއެކު ފްރެންޑްސް ޔުނައިޓެޑް ޓީމަށް ދެގޯލުގެ ލީޑެއް ލިބުނު ނަމަވެސް ޓީމު ކިހާއިން ވަނީ ފަހަރުން އަރައި ފުލުފުލުގައި ހަތަރު ގޯލު ޖަހާ މެޗުގެ ނަތީޖާ 5-3 އަށް ބަދަލުކޮށްލާފައެވެ. ޓީމު ކިހާއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކުރުމާ ގާތަށް ދިޔަ ނަމަވެސް މެޗުގެ ފަހު ހަތަރު މިނިޓުގައި ފްރެންޑްސް ޔުނައިޓެޑްގެ އިޝާން އިބްރާހީމް (ސައްޓު) ޖެހި ދެގޯލުން މެޗުގެ ނަތީޖާ 5-5 އަށް ބަދަލުކޮށްލިއެވެ. މެޗު ނިމުމުން އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 10 މިނިޓުގައި ވެސް ސައްޓު ގޯލެއް ޖަހާފައި ވަނިކޮށް ޓީމު ކިހާގެ ޢަލީ ޒުބައިރު ވަނީ މެޗުގެ ފަހު މިނިޓުގައި އެއްވަރު ކޮށްފައެވެ.

ޕެނަލްޓީގައި ޖެހި ހަތަރު ޕެނަލްޓީވެސް ފްރެންޑްސް ޔުނައިޓެޑުން ކާމިޔާބު ކުރިއިރު ޓީމު ކިހާއިން ޖެހި ފަހު ޕެނަލްޓީ ވަނީ ފްރެންޑްސް ޔުނައިޓެޑްގެ ކީޕަރު މަތަކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ މެޗުގައި 4 ގޯލު ކާމިޔާބު ކުރި އިޝާން އިބްރާހީމް (ސައްޓު) އެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ފްރެންޑްސް ޔުނައިޓެޑްގެ ޝާހީ މޫސާއާއި ޙުސައިން ނާސިފްގެ އިތުރުން ޓީމު ކިހާގެ ޢަލީ ޒުބައިރު އާއި މައުމޫން އަބްދުލް ޤައްޔޫމު އަދި ނިއު ސްޕީޑްގެ ޙުސައިން އީމާން އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ޢަލީ ޒުބައިރުއެވެ. އޭނާ ވަނީ ޖުމްލަ 12 ގޯލު މި މުބާރާތުގައި ކާމިޔާބުކޮށްފައެވެ.

ޖުމްލަ 8 ޓީމު ވާދަކުރި މި މުބާރާތަކީ ފަހަކަށް އައިސް ދަރަވަންދޫގައި ކުރިއަށްގެންދިޔަ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. ފައިނަލުގައި ވާދަކުރި ކިހާދުއްފަރު ޓީމު މި މުބާރާތުގައި ބައިވެރިވީ ދަރަވަންދޫ ކައުންސިލުގެ ދައުވަތަކަށެވެ. އެ ކައުންސިލުން ބުނީ އަންނަ އަހަރުވެސް ޔޫތް ފުޓްސަލް ޗެލެންޖުގައި ނަމުގައި މި މުބާރާތް ކުރިއަށް ގެންދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.