ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގުރުއާން މުބާރާތް ރޭ ފަށައިފި އެވެ.
މިއީ، އެ ޖަމިއްޔާއިން އެ މުބާރާތް މެދުނުކެނޑި ބާއްވާތާ 15 ވަނަ އަހަރެވެ.
މި މުބާރާތުގައި މިއަހަރު 400 އެއްހާ ކުދިންނާއި މީހުން ބައިވެރިވެ އެވެ.
ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާ ބާއްވަން ހަމަޖައްސާފައިވަނީ ޖޫން 24 ވަނަ ދުވަހު ގެ ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.
މި މުބާރާތް ބާއްވަނީ ގުރުއާން ކިޔެވުމަށް ލޯބި ޖައްސައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.
މުބާރާތް ކުރިއަށް ގެންދަނީ ރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ. މުބާރާތުގައި ފަނޑިޔާރުކަން ކުރައްވަނީ، މޫސާ އަހްމަދު އާއި މުހައްމަދު އަބްދުލްހަމީދުގެ އިތުރުން މުހައްމަދު ޒާހިރު އެވެ.