މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
1. ސައުވީސް ގަޑިއިރު ހިދުމަތްދޭ ތަންތަނުގައި ހުކުރަށްނުގޮސް ޑިއުޓީ ކުރަން ހުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިސާލަކަށް އިންޖީނުގެ.
ޖ. ޑިއުޓީގައި ތިބޭ މީހުން ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ކުރުމުން ފުދޭނެ.
2. އިޝާނަމާދަށްފަހު ވިތުރި ކޮށްފިއްޔާ ދަމު ނަމާދު ކުރެވިދާނެތޯ؟
ޖ. ވިތުރު އަކީ ރޭގަނޑުގެ އެންމެފަހުގެ ނަމާދެވެ.
3. ހިނައިގަންނަން ކުރާ ވުޟޫއާ އެކު ނަމާދު ކުރެވިދާނެތޯ؟ އަދި ނަމާދު ސައްހަވާނެތޯ؟
ޖަވާބު: ނަމާދު ކުރެވިދާނެ އަދި ނަމާދު ސައްހަވެސް ވާނެ
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.