ޓީބީގެ މިއަހަރުގެ ބޮޑު ރޯދަ ވީއްލުން ބާއްވައިފި

.މިއަދު ހަވީރު ޓީބީން ބޭއްވި ބޮޑު ރޯދަ ވީއްލުމުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީ ކްލަބް ދަ ބިގިނާސް އިން މިއަހަރުވެސް ބޮޑު ރޯދަ ވީއްލުމެއް މިއަދު ބާއްވައިފި އެވެ.

އެ ޖަމިއްޔާއިން ބުނީ ޓީބީ އޮފީސް ކުރިމަތީގައި (ކުރީގެ ބައިބަލާ ފަސްގަނޑުގައި) ބޭއްވި މި ރޯދަ ވީއްލުމުގެ މައިގަނޑު މަގުސަދަކީ ތަފާތު ގޮތަކަށް އެއްތަނަކުން އެންމެން އެކުވެ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. މި ރޯދަވީއްލުމުގައި މެމްބަރުންގެ އިތުރުން އެ ކްލަބަށް އެކި ގޮތްގޮތުން އެހީތެރިކަން ދިން ފަރާތްތަކުގެ އިތުރުން އޭދަފުށި ކައުންސިލް މެންބަރުންނާއި އަތޮޅު ކައުންސިލް މެންބަރުން ވަނީ ބައިވެރިވެފައެވެ.

ކްލަބް ދަބިގިނާސް އަކީ 2012 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އޭދަފުށީ އިރުމަތީ ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް ހިންގަމުން އަންނަ ކްލަބެކެވެ. އޭގެ ފަހުން އެ ކްލަބުން ވަނީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ތަފާތު އެތަށް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން އެންމެ ފާޙަގަކޮށްލެވެނީ އެ ޖަމިއްޔާއިން އިސްނަގައިގެން ޖަމިއްޔާގެ އަމިއްލަ ޚަރަދުގައި އޭދަފުށީ މަސްޖިދުލް ޔޫސުފް [ކުޑަ މިސްކިތް] އޭސީ ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.