ގެއަކަށް ޕެކެޓެއްގެ މަގުން ކަދުރު ބަހަން ފަށައިފި

ކަދުރު ބަލާގޮސްތިބި ރަށު ކައުންސިލު އިދާރާގައި މަޑުކޮށްލައިގެން

ރަމަޟާން މަހާއި ދިމާކޮށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒް ރާއްޖެއަށް ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން އޭދަފުށީ ރައްޔިތުންނަށް ބެހުމަށް ލިބުނު ކަދުރުތައް ރަށު ކައުންސިލުން މިއަދު ބަހަން ފަށައިފި އެވެ.

ރަށުކައުންސިލުން ބުނިގޮތުގައިި އޭދަފުށީ ރައްޔިތުންނަށް ބެހުމަށް މިއަހަރު 576 ޕެކެޓް ކަދުރު ލިބިފައިވެ އެވެ.

އޭދަފުށީގައި މިއަދު މީހަކު ސައުދީން ހަދިޔާކުރި ދެ ޕެކެޓް ކަދުރު ހިފައިގެންދަނީ

އަދި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކަދުރު (1ކިލޯ ގްރާމުގެ) ޕެކެޓެކެވެ.

އޭދަފުށީ ކައުންސިލުން ބުނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 10:00 އިން 2:00 އަށް ކަދުރު ދޫކުރާނެ ކަމަށެވެ.

އޭދަފުށީގައި މިއަދު ކަދުރު ބަހަން ފަށާއިރު ކަދުރުތައް މިރަށަށް ކަދުރު ލިބުނީ މިދިޔަ ހަފްތާ ތެރޭގަ އެވެ. މީގެ ކުރީގެ އަހަރުތަކުގައި ރޯދަމަސް ކުރީކޮޅު ކަދުރު ބެހިނަމަވެސް މިފަހަކަށް އައިސް ރައްޔިތުންނަށް ކަދުރު މި ލިބެނީ ރޯދަމަހުގެ ބޮޑުބައެއް ފާއިތުވެދާ ފަހުންނެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެ އެވެ. އެގޮތުން މިއަހަރު ވެސް 50 ޓަނުގެ ކަދުރު ސައުދީން ރާއްޖެ އަށް ހަދިޔާ ކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.