މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
1. ދަމު ނަމާދު ކުރާއިރު ރުކޫ އަދި ސަޖިދައިގައި ކިޔަންޖެހޭ ތަސްބީހައިގެ އިތުރުން ކިޔުން ރަނގަޅު އެއްވެސް ދުޢާއެއް އޮވޭތޯ؟ އޮންނަ ނަމަ ކޮބައިތޯ އެ ދުޢާ އަކީ؟
ޖަވާބު: ރުކޫއުގައި ތަސްބީހަ އިތުރަށް ކިޔާނީ. ސަޖިދައިގައިއެމީހަކަށް އެނގޭ ދުޢާއެއް ކިޔާނީ
2. ކައިވެނި ވާޖިބުވެފައިވާ ފިރިހެނުންނާ ކައިވެނިކުރުމަށް އެދުން އަދި ނުވެވޭ، އަދި ދުވަސްކޮޅެއް ފަހުންނޭ ބުނެ ލަސް ކުރުމަކީ ކޮންކަހަލަ ކަމެއް؟
ޖަވާބު: ހުއްދަކަމެއް ނޫން.
3. ރޯދައަށް ހުއްޓައި ކަރުންނާ ނޭފަތުން ލޭ އައިސްފިނަމަ ރޯދަ ސައްހަވާނެތޯ؟
ޖަވާބު: ރޯދަ ސައްހަ ވާނެ
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.