އޭދަފުށީ ޤުރުއާން މުބާރާތުން އެއްވަނަ ޝަމާއިލް އަށް

އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތުން އެއްވަނަ ހޯދި ޝަމާއިލް އަށް މިރޭ ހަނދާނީލިޔުން ހަވާލުކޮށްދެނީ

އޭދަފުށީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ ބ. ހިތާދޫ، ހިޔާ ޝަމާއިލް މުހައްމަދު ނަސީރު ހޯދައިފި އެވެ.

ޝަމާއިލް މި މުބާރާތުން އެއް ވަނަ ހޯދީ ފޮތުން ކިޔެވުމުގެ ބައިންނެވެ. މިބައިން މި މުބާރާތުން ދެ ވަނަ އޭދަފުށި އަލިތަރި އަޝްހަދު އަލީ ވަހީދު ހޯދި އިރު، ތިންވަނަ ހޯދީ އެގޭ އިޔާން އަލީ ވަހީދު އެވެ.

މި ރަށުގައި ހިންގާ ސްކޫލް ތަކަށާއި ގުރުއާން ކްލާސް ތަކަށް ހުޅުވާލައިގެން މިއަދު މެންދުރުފަހު ބޭއްވި މި މުބާރާތުގައި ތައުލީމީ މަރުކަޒުގެ އިތުރުން މިރަށުގައި ހިންގާ ގުރުއާން ކްލާސްތަކުން 21 ދަރިވަރުން ވާދަކުރި އެވެ.

އަތޮޅު މުބާރާތަށް ހޮވުނު ހަ ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރުން

މި މުބާރާތަކީ ރަށު ކައުންސިލުން ބުނި ގޮތުގައި މިއަހަރުގެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ހޮވުމަށް ބޭއްވި މުބާރާތެކެވެ. އެގޮތުން ޝަމާއިލް އާއި އަޝްހަދު އަދި އިޔާންގެ އިތުރުން އަތޮޅު މުބާރާތުގައި ދެން އޭދަފުށި ތަމްސީލު ކުރާނީ އާއިޝަތު ދިފްލާ އާއި ހިޝްމާ ޚާލިދު އަދި އަޝްހާ ޢަލީ ވަހީދު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.