ދަމު ނަމާދަށް މީހުން ދޭ ސަމާލުކަން ބޮޑުވަނީ

އޭދަފުށީ ހުކުރު މިސްކިތުގައި މި ރޯދަމަހު ބަޔަކު ނަމާދު ކުރަނީ. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

ރޯދަމަހަކީ ބަރަކާތްތެރި މަތިވެރި މަހެކެވެ. އަދި އަޅުކަމުގެ މަހެކެވެ.

އަޅުކަމަށް ސަމާލުކަންދޭ މީހުންގެ މެދުގައި މިހާރު ދަމު ނަމާދަކީ ވަރަށް އިސްކަންދޭ ނަމާދަކަށް ވަނީ ވެފަ އެވެ.

އޭދަފުށީގައި ދަމު ނަމާދު ޖަމާއަތުގައި ކުރަނީ އައްސުލްޠާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) ގައެވެ.

ދެ ރަކުއަތުން ދެ ރަކުއަތުން ފުރިހަމަ ކުރާ އަށް ރަކުއަތާއި ވިތުރީގެ ތިން ރަކުއަތް ހިމަނައިގެން، ދަމު ނަމާދު ކުރަނީ ކޮންމެ ރެއަކު ވެސް ރޭގަނޑު 2:00 އިން ފެށިގެން ގާތްގަނޑަކަށް 3:15 ވަންދެނެވެ.

މިރަށުގައި ދަމު ނަމާދަށް ދާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުން ވެސް ހިމެނެ އެވެ. އަދި ޒުވާނުންނާއި ކުޑަކުދިންގެ އަދަދުވެސް އަންނަނީ ރެއަކަށްވުރެ ރެއެއް އިތުރު ވަމުންނެވެ. އެގޮތުން މިހާރު ތަރާވީސް ނަމާދަށް މީހުން ދާ އަދަދަށް ދަމު ނަމާދަށްވެސް މީހުން ދެ އެވެ.

ދަމު ނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު އަދި އެންމެ މާތްކަން ބޮޑު ނަމާދެވެ.

ރަމަޟާން މަހުގެ ފަހުދިހައަކީ، މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަން ބޮޑު، ހަމަ އެހެންމެ އެ ރެއެއްގައި ކުރެވޭ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގައި ކަމުގައި ވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމުނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.