އޭދަފުށިން ދީނީ ތިން ސުވާލު (23)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. އަންހެނުން ވަކި މިސްކިތެއްގައި ޖަމާއަތް ހަދައިގެން ނަމާދުކުރެވިދާނެތޯ؟ އަދި އެއީ ދީނުގައި ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: އަންހެނުންނަށް ރަނގަޅި ގޭގައި ނަމާދުކުރުން. މިސްކިތަށް ދިޔަނަމަވެސް މައްސަލައެއް ނެތް. ސައްހަ ވާނެ.

2. ސުންނަތް ނަމާދުގައި ދުޢާއުލްއިފްތިތާހު ކިޔަން ޖެހޭނެތޯ
ޖަވާބު: ލާޒިމެއް ނޫން

3. ނަމާދަށް ސަފުތައް ހަދާއިރު ދެމީހުންގެ ދެމެދުގައި ހުސްތަން ބޭއްވޭނީ ކިހާ މިންވަރަކަށްތޯ؟ އަދި ނަމާދުގައި ހުސްތަން ބޭއްވުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: ނަމާދުގައި ސަފުތައް ހަދާއިރު ދެމީހުންގެ ދެމެދުގައި އެވެސް ވަރަކަށް ހުސްތަން ބާއްވައިގެން ނުވާނެ. ފަޔާއި ފައި އަދި ކޮނޑައި ކޮނޑު ޖެހޭ ވަރަށް ކައިރިކައިރީގައި ތިބެންވާނީ

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.