ބ. އޭދަފުށްޓަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ފުލުހުން އަތުލައިގެންފި އެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 19 އަހަރާއި 23 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އޭދަފުށި ބަނދަރު ސަރަޙައްދުންނެވެ. އަދި އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން އެމީހުންގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއް މޫދަށް އެއްލާލިކަމަށްވެސް ފުލުހުން ބުންޏެވެ.
“އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން އެއްލާލި ސިނގިރޭޓް ފޮށި ނަގައި ބަލައިފާސްކުރިއިރު އޭގެތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވެއެވެ،” ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުން އަންނައިރު މިދިޔަ ހަފްތާ މިއަތޮޅު ގޮއިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކުވެސް ވަނީ އަތުލައިގެންފަ އެވެ.