ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް، އޭދަފުއްޓާ މާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުން ހާއްސަ ލޯންޗު ދަތުރުތަކެއް ބާއްވަން ނިންމައިފި އެވެ.
އީދު ބަންދާ ދިމާކޮށް ބާއްވާ މި ދަތުރުތަކުގައި މާލެއިން އޭދަފުއްޓަށް އަދި އޭދަފުށިން މާލެއަށް ޓިކެޓެއް ވިއްކަނީ ކޮޅަށް 450 އަށެވެ.
އީދާ ދިމާކޮށް ބާއްވާ ހާއްސަ ދަތުރު އޮންނާނީ ޖޫން 22، 23 އަދި 24 ގަ އެވެ. އަދި އެނބުރި މާލެ ދާނީ ޖޫން 29، 30 އަދި ޖުލައި 1ވަނަ ދުވަހު އެވެ.
ފެރީގެ ހިދުމަތް ދޭ އެއް ކުންފުނި ކަމަށްވާ ސޭލަމް ސްޕީޑުގެ އޭދަފުށީ އެޖެންޓް މުހައްމަދު ލަތީފް “އީޓީ” އާ ވާހަކަދައްކަވަމުން ބުނީ ދަތުރުކުރާ މީހުން އިތުރުވާ ވަރަށް ބަލާފައި ލޯންޗު ދަތުރުތައް އިތުރުކުރާނެ ކަމަށެވެ.
“ދަތުރުތައް ވަރަށް ފުލްކޮށް އުޅެނީ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބުކިން ހަދަން ފަށައިފި، މީހުން އިތުރުވާނަމަ ދަތުރުތައް އިތުރު ކުރާނަން،”
ސޭލަމް ސްޕީޑް އަދި އެޓޯލް ކިއުޓް ފެރީން އޭދަފުއްޓާ މާލެއާ ދެމެދު ހަފްތާއަކު ތިން ދުވަހު (ހޮނިހިރު، ހޯމަ އަދި ބުރާސްފަތި) ދަތުރު ތައް ބާއްވަ އެވެ.