ދޮންފަނުން ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި

ބ.އޭދަފުށި، މެއި 11، 2013 - މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޭދަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ. --

ބ. އަތޮޅު ދޮންފަނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ހޯމަ ދުވަހުގެ ބޭއްވި ބައްދަލުވުމެއްގައި ދޮންފަނުން ޖުމްހޫރީ ޕާޓީއާ ގުޅުނު 75 މީހުންގެ ފޯމް ވަނީ ޕާޓީއާއި ހަވާލުކޮށްފައެވެ.

ދޮންފަނުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދޮންފަނުގައި އިޖުތިމާއީ ގޮތުން ހަރަކާތްތެރި ވަމުންދާ އެރަށު ޖަމިއްޔާގެ ރައީސް އަހުމަދު ރަޝީދުއާއި އަންހެނުން ކޮމެޓީގެ ރައީސާ ފަޒީނާ ވެސް ހިމެނިވަޑައިގަންނަވައެވެ.

ޖޭޕީއާއި އަލަށް ގުޅިވަޑައިގެން ބޭފުޅުންގެ ތެރެއިން އިސްކޮށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެ ބޭފުޅުން ޖޭޕީއާއި ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމް ކޮށްދެއްވާ އަގުހުރި ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަން ކުރެވޭތީ ކަމަށާއި، މީހުން ކުރާ މަލާމާތަކަށް ފުރައްސާރަ އަކަށް ބެލުމެއްނެތި ޖޭޕީ ކުރިއަރުވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށް އިތުރު ކުރިއެރުން ހޯދައި ދިނުމުގައި ފަސްނުޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ވަރަށް އަވަހަށް ޖުމްހޫރީ ޕާޓީގެ ގޮތްޕެއް ދޮންފަނުގައި ހުޅުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު ރައްޔިތުން ތަކެއް ސޮއި ކުރުމުގެ ކަންތައްވެސް ހަމަޖެހިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ތައްޔާރު ކުރާ މެނިފެސްޓޯއަށް ބޭނުން ވާނެ މައުލޫމާތު ހޯދުމަށާއި ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ޖުމްހޫރީ ޕާޓީން އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރު ތަކުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ތަކެއް ދަނީ އެ ޕާޓީއާއި ގުޅެމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.