އޭދަފުށިން ދީނީ ތިން ސުވާލު (25)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. ޖަމާއަތުގައި ނަމާދު ކުރާއިރު އިމާމުގެ ފަހަތުގައި ނަމާދުކުރާމީހުން، ފާތިހާ ސޫރަތް ކިޔާނީ އިމާމާ އެއްކޮށްތޯ؟ ނުވަތަ އިމާމު ކިޔާ ނިމުމުންތޯ؟
ޖަވާބު: ކޮންމެ ވަގުތެއްގައި ނަމަވެސް ސޫރަތުލް ފާތިހާ ކިޔަވަން ވާނެ.

2. ރޯދަ ފާސިގު ވާނީ ކިހިނެއްތޯ؟ އަދި ވެއްޖިއްޔާ ކަންތައް ކުރަންޖެހޭނެ ގޮތަކީ ކޮބައިތޯ؟
ޖަވާބު: ރޯދަ ބާތިލުވާފަދަ ކަމެއް ކުރުމުން ރޯދަ ފާސިދުވާނެ އެވެ. މި ހާލަތުގައި ގެއްލުނު ރޯދަ ފަހުން ގަޟޯކުރަން ޖެހޭނެ އެވެ.

3. ތިލާވަތު ސަޖިދަ ކުރަންޖެހޭ ގޮތަކީ ކޮބައިތޯ؟ އަދި ތިލާވަތުގެ ސަޖިދަ ކުރަންޖެހޭ ހާލަތުގައި ސަޖިދަ ނުކޮށް ކިޔެވުން ކުރިއަށް ގެންދެވިދާނެތޯ؟
ޖަވާބު: ތިލާވަތު ސަޖިދަ އާ ބެހޭ ގޮތުން ބެއްލެވުމަށް ތިރީގައިމިވާ ލިންކަން ޒިޔާރަތް ކޮށްލައްވާ

ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް 1

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.