ފެހެންދޫ އާ އިންޖީނުގެ ހެދުން ބަޔަކާ ހަވާލުކޮށްފި

ބ.ފެހެންދޫ ފެނަކަ ބްރާންޗް

ދައުލަތުގެ ބަޖެޓުން 1.9 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ބ. ފެހެންދޫގައި އާ އިންޖީނުގެއެއް އަޅަން ތްރީ ބްރަދާސް ޕްރައިވެޓް ލިމިޓެޑް އާ މިއަދު ހަވާލުކޮށްފި އެވެ.

މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއި، ހަވާލުކޮށްފައި ވަނީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފެހެންދޫ އިންޖީނުގެ އެޅުމަށް ހަވާލުކުރި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރީ، އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފުއެވެ.

ފެހެންދޫގައި އާ އިންޖީނުގެއެއް އަޅަނީ، އިންޖީނުގޭގެ ހާލަތާ ބެހޭ ގޮތުން މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑޔާގައިވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ހުރި އިންޖީނުގެ ތަކުގެ ތެރެއިން އެންމެ އަވަހަށް ބަދަލެއް ގެންނަން ޖެހިފައިހުރީ ވެސް ފެހެންދޫ އިންޖީނުގެ އެވެ.

ޝަރީފު ވިދާޅުވީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ފެހެންދޫ އާ އިންޖީނުގެ އަޅައި ހިދުމަތްދޭން ފެށޭވަރުވާނެ ކަމަށެވެ. އަދި އެ އިންޖީނުގޭގެ މަސައްކަތް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.