އޭދަފުށިން ދީނީ ތިން ސުވާލު (27)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. ޤުރްއާން ކިޔަވަމުން ދަނިކޮށް ސަޖިދަވަޅު އައިސްފިނަމަސަޖިދަ ނުޖަހާ ދޫކޮށްލުމުގެ ހުކުމަކީ ކޮބާ؟
ޖަވާބު: ތިލާވަތުގެ ސަޖިދަ ކުރުމަކީ ސުންނަތެއް، ވާޖިބެއް ނޫން. ވީމާ ސަޖިދަ ނުޖެހި ނަމަވެސް ފާފަވެރިއެއް ނުވާނެ.

2. ހައިޟުވެރިޔާ ނުވަތަ ނިފާސް ވެރިޔާ މޯބައިލް ފޯނު ބަލައިގެން ޤުރުއާން ކިޔެވުން ހުއްދަވާނެތޯ؟
ޖަވާބު. ހުއްދަވާނެ

3. ގަސްދުގައި އަޅާ ނަމާދު ގަޟޯ ކުރެވިދާނެ ތޯ؟
ޖަވާބު: ގަސްދުގައި ނުކޮށް ދޫކޮށްފައިވާ އަޅުކަންތައް (އެއީ ނަމާދު ކަމުގައި ވިޔަސް ނުވަތަ ރޯދަ ކަމުގައިވިޔަސް) ގަޟޯ ކުރުމާމެދު އިލުމްވެރިންގެ މެދުގައި ޚިލާފުހުއްޓެވެ. ބައެއް އިލްމުވެރިން ވިދާޅުވާގޮތުން އަޅުކަންތައް ގަޟޯ ކުރަންޖެހެ އެވެ. އަނެއްބައި އިލުމުވެރިން ވިދާޅުވާގޮތުން ގަޟޯ ކުރާކަށް ނުޖެހެ އެވެ. ސަބަބަކީ ގަސްދުގައި ނަމާދު އެޅުމުގެ ސަބަބުން އެމީހަކު އެވަނީ ދީނުން ބޭރުވެ ކުފުރުވެފައެވެ. އެފަދަ މީހަކު ސަހާދަތުގެ ދެ ކަލިމަ ކިޔައި އަލުން އިސްލާމުވުމުން އެމީހެއްގެ ކުރީގެ ހުރިހާ ފާފައެއް ފޮހެވިގެންދާނެ އެވެ. ގަސްދުގައި ނަމާދު އަޅާމީހުން އަލުން އެ ނަމާދުތައް ގަޟޯކުރަން ނުޖެހޭނެކަމަށް ބައެއް އިލުމުވެރިން ވިދާޅުވެ އެވެ. އެއީ ނަމާދު އެޅުމުގެ ސަބަބުން އެމީހަކު ކާފިރުވިކަމަށްވީ ނަމަވެސް ނުވަތަ ނޫން ނަމަވެސް އެވެ. ސަބަބަކީ ނަމާދު ގަޟޯކުރުމަށް އައިސްފައިވަނީ ހަމައެކަނި ނިދުމުގެ ސަބަބުން ނުވަތަ ހަދާން ނެތުމުގެ ސަބަބުން ނަމާދު ދޫކޮށްފައިވާ އުޒުރުވެރިންނަށެވެ. މީގެ އިތުރުން ކުރިން ނުކޮށް ދޫކޮށްލާފައިވާ ނަމާދުތައް އަލުންކުރަން ޖެހުމަކީ އުނދަގޫ ކަމަކަށްވެ، މީހާ އެކަމުގެ މަތިން ފޫހި ކުރުވަނިވި ކަމަކަށް ވެދާނެތީވެ އެވެ. އެހެންކަމުން އެފަދަ މީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ ހެޔޮ ތައުބާއަކުން ތައުބާވެ، ޞާލިހު އަމަލު ގިނަކުރުމަށެވެ. ﷲ ތަޢާލާ ވަހީ ކުރެއްވި އެވެ

(وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى) މާނައަކީ؛ ތައުބާވެ، އީމާންވެ، ޞާލިހު އަމަލުކޮށް ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަ ކަށަވަރުން، ތިމަންރަސްކަލާނގެއީ ގިނަ ގިނައިން ފާފަ ފުއްސަވާ ރަސްކަލާންގެކަން ކަށަވަރެވެ،”

ސައޫދީގެ ފަތުވާ ކޮމެޓީގެ މެންބަރުން ދެކިލައްވާ ގޮތުގައި ގަސްދުގައި ނަމާދު އެޅުމަކީ ކުރުފެކެވެ. އެހެންކަމުން އެފަދަމީހާ އަލުން އިސްލާމުދީނަށްވަދެ، ނަމާދުކުރަން ފެށުމުން ކުރީގެ ނަމާދުތައް ގަޟޯ ކުރާކަށް ނުޖެހޭނެ އެވެ. والله أعلم. –

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.