މައި ކޮލެޖު ގުރުއާން މުބާރާތުން އެއްވަނަ ޔަނާލް އާއި ޝައިމާ އަށް

ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ޔަނާލްއާ އިނާމް ހަވާލުކުރަނީ.– ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މައި ކޮލެޖު އޭދަފުށީ ބްރާންޗުން ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ މިރަށު މާފަރު އަހްމަދު ޔަނާލް ނިޔާޒު އާއި އަސަރީގޭ ޝައިމާ އަބްދުﷲ ހޯދައިފި އެވެ.

ޔަނާލު މި މުބާރާތުން އެއްވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ. ޝައިމާ އެއްވަނަ ހޯދީ ބަލައިގެން ކިޔެވުމުގެ ބައިންނެވެ.

ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ޝައިމާއާ އިނާމް ހަވާލުކުރަނީ.– ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މި މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް އިއްޔެ މެންދުރުފަހު ހާއްސަ ހަފުލާއެއް އެ ކޮލެޖުގެ އޭދަފުށީ ބްރާންޗުގައި ބާއްވާފައި ވެ އެވެ. މުޅި މުބާރާތުން ދެ ގޮފިން އެއްވަނައިގެ އިތުރުން ދެވަނަ އަދި ތިންވަނައަށް ހޮވުނު ކުދިންނަށް ވެސް ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވެ އެވެ.

ގުރުއާން މުބާރާތުން ވަނަތައް ހޯދި ދަރިވަރުން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން.– ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މައި ކޮލެޖު އޭދަފުށީ ކެމްޕަހުގެ އިންގްލިޝް ފޯ ޔަންގް ލާނާސް ކްލާހުގެ ދަރިވަރުންގެ މެދުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މި މުބާރާތުގައި 37 ދަރިވަރުން ބައިވެރިވި އެވެ.

ނުބަލާ ކިޔެވުމުގެ ބައިން 2 ވަނަ ހޯދި ޒައިނޫން އަށް އިނާމް ހަވާލުކުރަނީ.– ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ނުބަލާ ކިޔެވުމުގެ ބައިން 3 ވަނަ ހޯދި ނައުރީން އަށް އިނާމް ހަވާލުކުރަނީ.– ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ނުބަލާ ކިޔެވުމުގެ ބައިން ދެވަނަ ހޯދި ޒާރާ ސަމީރުއަށް އިނާމް ހަވާލުކުރަނީ.– ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މައި ކޮލެޖުން ބުނީ އަންނަ އަހަރު މި މުބާރާތް ބާއްވާނީ ކޮލެޖުގައި ކިޔަވާ ކުދިންގެ އިތުރުން މުޅި ރަށަށް ހުޅުވާލައިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.