ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އިން ވީލް ޗެއާ ހަދިޔާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބީއެމްއެލް އިން ވަނީ މޮޓޮރައިޒްޑް ވީލްޗެއާތަކެއް ހަދިޔާކޮށްފައި — ފޮޓޯ: ބީއެމްއެލް

ބޭންކު އޮފް މޯލްޑިވްސް އާއި އެބޭންކްގެ މުވައްޒަފުން ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ހިންގާ “ޢީދު ވެދުން” ހަރަކާތުގެ ދަށުން ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއާތަކެއް ހަދިޔާކޮށްފިއެވެ.

މިއަހަރުގެ “ޢީދު ވެދުން”ގެ ގޮތުގައި ހަދިޔާކުރާ މޮޓޮރައިޒްޑް ވީލްޗެއަތައް ފަސް ރަށެއްގެ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ 15 މީހަކަށް ފޯރުކޮށްދީފައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް މި ހަރަކާތް ފަށާފައިވަނީ ކ. މާފުށީގައި އިއްޔެ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. އެރަސްމިއްޔާތުގައި ބޭންކްގެ މުވައްޒަފުންވަނީ މި ހަދިޔާ ލިބޭ އެރަށުގެ ރައްޔިތުންނަށް ލިބޭ ވީލްޗެއާތައް ހަދިޔާ ކޮށްފައެވެ.

ޢީދު ވެދުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ މިފަދަ ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރތަކެއްގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލުތަކެއް އައުމަކީ ބޭންކް އޮފް މޯލްޑިވްސް އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެ ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޖްތިމާޢީ މިފަދަ މުހިންމުކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކުވެސް ބީއެމްއެލްގެ މުވައްޒަފުން ފަންޑްރައިޒްކުރުމުން ބީއެމްއެލްއިން އެމިންވަރާއި އެއްވަރުގެ އެހީއެއް ފޯރުކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.