ވިލާ ކޮލެޖް އޭދަފުށި ކެމްޕަހުގައި ކިޔަވާ ދަރިވަރުންގެ މެދުގައި ފުޓްސަލް މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުން ބުނިގޮތުގައި ފުޓްސަލް މުބާރާތް މި ހަފްތާ ބަންދު ބޭއްވުމަށް ހަމަޖެހިފައިވާއިރު ނެޓް ބޯޅަ މުބާރާތް އޮންނާއި އަންނަ ހަފްތާގެ ބަންދުގަ އެވެ.
މި މުބާރާތްތަކަކީ ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމުގެ ގޮތުން ބާއްވާ ކުޅިވަރުތަކެއް ކަމަށް އެ ކެމްޕަހުން ބުނެއެވެ. އެގޮތުން ފުޓްސަލް މުބާރާތުގައި ހަތަރު ޓީމު ވާދަކުރާއިރު ނެޓްބޯޅަ މުބާރާތުގައި ތިން ޓީމު ވާދަކުރެ އެވެ.
މިއަހަރު ފެބްރުއަރީ މަހު ހުޅުވި ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުގައި ސެތްފިކެޓް ލެވެލް އާއި ފައުންޑޭޝަން އަދި ޑިގްރީ ކޯހުގައި 70 އަށް ވުރެ ގިިނަ ދަރިވަރުން ކިޔަވަމުން ދެ އެވެ.