ފިތުރު ޒަކާތުގެ ގޮތުގައި ބ. އޭދަފުށީގެ ކޮންމެ ފަގީރަަކަށް މިފަހަރު 7000ރ. އަށް ވުރެ ގިނައިން ލިބޭނެ ކަމަށް މި ރަށު ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ މިރަށުން މިއަދުގެ ނިޔަލަށް މި ރޯދަ މަހު 2959 މީހަކު ޒަކާތުގެ ގޮތުގައި 66،461ރ. ދައްކާފައިވާ ކަމަށާއި ޒަކާތް ހައްގުވާ ފަގީރުންގެ ގޮތުގައި ތިބީ އެންމެ 9 މީހުން ކަމަށެވެ. އެހެންވެ، ޒަކާތުގެ ފައިސާ އެ ނުވަ މީހުންގެ މެދުގައި ބަހާލުމުން ބޮލަކަށް މިއަހަރު ލިބޭނީ 7384.56ރ. އެވެ.
ކައުންސިލުން ބުނީ މިރަށުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އަންނަ ހޮނިހިރު ދުވަހުގެރޭ 9:30 އިން ފެށިގެން ފިތުރު ޒަކާތް ބަހާނެ ކަމަށެވެ.
މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި މިރަށުގައި ތިބީ 4 މީހުންނެވެ.