ފޭލި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން މާދަމާރޭ

ފޭލި ގުރުއާން މުބާރާތުގައި ކުއްޖަކު ކިޔަވަނީ

މި ރޯދަމަހު ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އޭދަފުށީގައި ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ މާދަމާ ރޭ ފާޅުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ މިދިޔަ ބުރާސްފަތި ޖޫން 15-18 އަށް ބޭއްވި މުބާރާތުގެ ނަތީޖާ ފާޅުކުރުން މާދަމާ ރޭ 8:30 ގައި ތައުލީމީ މަރުކަޒުގެ ހޯލުގައި އޮންނާނެ ކަމަށެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި މުބާރާތުގައިވެސް އިނާމު ދޭން ހަމަޖައްސާފައިވަނީ އެކި އުމުރުފުރާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް އަންނަ ފަރާތްތަކަށާއި މުޅި މުބާރާތުން ވަނަ ހޯދާ ކުދިންނަށެވެ. އަދި ކޮންމެ އުމުރުފުރާއަކުން 1، 2 އަދި 3 ވަނަ ފިޔަވައި އެންމެގަދަ ފަސް ބައިވެރިން ހޮވާނެ އެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވެ ކިޔެވި ކޮންމެ ކުއްޖަަކަށް ހަނދާނީ ހަދިޔާއެއް ދޭނެ ދޭނެ ކަމަށްވެސް ފޭލިން ބުންޏެވެ.

މި އަހަރުގެ މުބާރާތުގައި އޭދަފުށީގެ އިތުރުން އަތޮޅުގެ ރަށްރަށުން 400 އެއްހާ މީހުން މުބާރާތުގައި ވާދަކުރި އެވެ.

ފޭލިން ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަހު މި މުބާރާތް ބާއްވަނީ ގުރުއާން ކިޔެވުމަށް ލޯބި ޖައްސައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ. އެގޮތުން މިއީ، އެ ޖަމިއްޔާއިން އެ މުބާރާތް މެދުނުކެނޑި ބޭއްވި 15 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.