އޭދަފުށިން ދީނީ ތިން ސުވާލު (28)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. މިސްކިތަށް ބަންގި ގޮވުމުގެ ކުރިން ގޮސްފަ އިށީންނަންޏާ މަސްޖިދު ސުންނަތް ކޮށްފަ އަނެއްކަ ބަންގި ގޮވީމަ ސުންނަތް ދެ ރަކުއަތް ކުރަން ޖެހޭނެތޯ؟
ޖ. ބަންގިއާއި ގަމަތާ ދެމެދުގައި ކުރާ ސުންނަތްކުރުން އެއީ ސުންނަތެއް.

2. ފިތުރު ޒަކާތް ނެރުން މޮޅު އިތުރުވެގެންވާ ގޮތަކީ ކޮބާ؟
ޖ. އީދު ވިލޭރޭ ނުވަތަ އީދު ދުވަހު އީދު ނަމާދުގެ ކުރިން

3. އަންހެން ކަނބަލުންނަށް މޮޅު އިތުރުވެގެންވަނީ ގޭގައި ނަމާދުކުރުންކަމަށް ވާއިރު، އީދު ނަމާދުފަދަ ހަމައެކަނި ޖަމާއަތުގައި ކުރެވޭ ނަމާދަކަށް އަންހެނުން ދިއުމަށްވުރެ ނުދިއުންތޯ ރަނގަޅީ؟
ޖ. އީދު ނަމާދު މައިދާނުގައި ކުރުން ސުންނަތް ވެގެންވާ ސަބަބަކީ ވެސް އުޒުރުވެރި އަންހެން ކަނބަލުންނަށް ވެސް އެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމެވެ.

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.