ދިރާގުން އީދަށް ހާއްސަކޮށް ވައިބާ ސްޓިކާތަކެއް ނެރެފި

ދިރާގުން އަލަށް ތައްޔާރުކުރި ވައިބާ ބައެއް ސްޓިކާތައް

ކުރިއަށް އޮތް ފިތުރު އީދަށް ހާއްސަކޮށްގެން ދިރާގުން ތައްޔާރުކުރި ވައިބާ ސްޓިކާ ޕެކެއް ނެރެފި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން ތައާރަފްކުރި ސްޓިކާތަކަކީ ރޯދަ މަހާއި އީދާ ގުޅުވައިގެން ދިވެހިންގެ އާންމު ދިރިއުޅުމުގެ ބަހުރުވަ އާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ސްޓިކާތަކެކެވެ.

މި ސްޓިކާ ޕެކްގެ ސަބަބުން އީދުގެ ތަހުނިޔާ ގާތް ތިމާގެ މީހުންނަށް ރީތި ސްޓިކާއެއްގެ ސިފައިގައި ފަސޭހަކަމާއެކު ފޮނުވާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން މިފަހަރު ތައްޔާރުކުރި ސްޓިކާ ޕެކްގައި ހުވަދޫ ބަހާއި އަޑޫ ބަސް ފަދަ ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގެ ބަހުރުވައިން ހަދާފައިވާ ބައެއް ސްޓިކާ ތައް ހިމެނެ އެވެ. ވައިބާ ބޭނުންކުރާ ކޮންމެ މީހަކަށް ވެސް މި ސްޓިކާ ޕެކް ހިލޭ ޑައުންލޯޑު ކުރެވޭނެ އެވެ.

މި ސްޓިކާތަކުގައި ބޭނުން ކޮށްފައި ވަނީ މިހާރު މުޖުތަމައުގައި އާންމުކޮށް ބޭނުންކުރާ ބައެއް އިބާރާތްތަކެވެ. އެގޮތުން “އީދު މުބާރިކް”، “ކައްކަނީ ވަރަށް ބިޒީ”، “ގަޑި ޖެހެނީ”، “ބަންގި ގޮވަނީ”، “ރޯދަ ވީއްލަނީ”، “ކޮބާ މާލި؟”، “އީދު ކުކުޅު”، “އީދު ސަލާމް”، “ފެން ކުޅި” ފަދަ ލަފްޒުތައް ހިމެނެ އެވެ.

ދިރާގުން ވަނީ މޯލްޑިވިއަން އައިޑަލް ޝޯއާ ގުޅުވައިގެން ވެސް މީގެ ކުރިން ވައިބާ ސްޓިކާ ޕެކެއް ނެރެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.