އީދު ޗުއްޓީއަށް ރޯޔަލް އައިލެންޑުން އަގުހެޔޮ ޕެކޭޖެއް

ރޯޔަލް އައިލެންޑް ރިސޯޓް

ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުން ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އީދު ޗުއްޓީއަށް ޚާއްސަކޮށް އަގުހެޔޮ ޕެކޭޖެއް ތައާރަފު ތައާރަފުކޮށްފި އެވެ.

ވިލާ ހޮޓެލްސް އިން ބ. އަތޮޅު ހޮރުބަދޫގައި ހިންގަމުން ގެންދާ ފަސްތަރީގެ މި ރިސޯޓުން އީދު ބަންދާ ދިމާކޮށް ތައާރަފުކުރި މި ޕެކޭޖުގައި ޗުއްޓީ ހޭދަކުރަން އެ ރިސޯޓަށްދާ ދިވެހިންނަށަށާއި ވޯކްޕާމިޓް އޮންނަ ބިދޭސީންނަށް އެ ރިސޯޓުގައި ހެޔޮ އަގެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބެ އެވެ.

ރޯޔަލް އައިލެންޑުން މިފަހަރުގެ އީދު ބަންދާ ދިމާކޮށް ޕެކޭޖް ތައާރަފްކޮށްފައި ވަނީ މި މަހުގެ 25 އިން ޖުލައި 2 ގެ ނިޔަލަށެވެ. އެ ޕެކޭޖްގައި ނަގަނީ ދެ މީހަކަށާއި ކުޑަ ކުއްޖަކަށް (ޑަބަލް ރޫމް) ރެއަކަށް 2،095ރ. އެވެ. އަދި ތިން އިރުގެ ކެއުންވެސް ހަމަޖައްސައިދެ އެވެ.
އޭގެ އިތުރުން ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެ އެވެ.

ނަމަވެސް މި ޕެކޭޖުގެ ދަށުން އޭދަފުށިން އެ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ ފަރާތްތަކަށް ރިސޯޓުން ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނިގޮތުގައި އެ ރިސޯޓުން އީދާ ދިމާކޮށް ދިވެހިންނަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރީ އެކަށީގެންވާ ހެޔޮ އަގެއްގައި ރިސޯޓެއްގައި އާއިލާ ގޮވައިގެން ހިތްހަމަޖެހޭ، އުފާވެރި ދުވަސްތަކަކަށް އީދު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.