ދިރާގުން އީދު ހަދިޔާ ބަހައިފި

އޭދަފުށީގައި ދިރާގުގެ މުވައްޒަފަކު ކުޑަކުދިންތަކަކަށް މިއަދު އީދު ހަދިޔާ ދިނުމަށް ފަހު އެ ކުދިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.— ފޮޓޯ: ދިރާގު

ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އީދު ހަދިޔާ ބަހައިފި އެވެ.

މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނީ ދިރާގުން ބުނީ މާލޭގެ އިތުރުން ދިރާގުގެ ރީޖަނަލް ސެންޓަރުތައް ގާއިމްކޮށްފައިވާ އަށް އަތޮޅެއްގައި މިއަދު ކުޑަކުދިންނަށް ހަދިޔާ ބަހާފައިވާ ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި އީދު ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށް ވެފައި މިފަދަ ހަރަކާތެއް ބޭއްވުމަކީ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް އީދުގެ އުފަލުގައި އެންމެން ބައިވެރި ކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި ކުޑަކުދިން ބޭނުންވާ ހަދިޔާ ދިނުމަކީ ދިރާގުގެ މުވައްޒަފުންނަށް ލިބޭ އުފަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެދެ މުވައްޒަފަކު ކުޑަކުދިންތަކަކަށް މިއަދު އީދު ހަދިޔާ ދިނުމަށް ފަހު އެ ކުދިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.— ފޮޓޯ: ދިރާގު

ކުޑަކުދިން ރައްކާތެރި ކުރުމާއި ހިމާޔަތް ކުރުމަށް ގޮވާލައި ދިރާގުން ވަނީ ގިނަ ހަރަކާތްތަކެއް ވެސް މީގެ ކުރިން ހިންގައިފަ އެވެ.

ދިރާގުން ބުނީ ކުޑަކުދިންނަށް ދިން ހަދިޔާގެ ތެރޭގައި ބޭނުންތެރި އެއްޗެހި ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ކިއެވުމަށް ބޭނުންވާ ތަފާތު އެއްޗެހި ހިމެނެ އެވެ.

ކުޑަކުއްޖަކަށް ދިރާގުން މިއަދު ދިން އީދު ހަދިޔާ ހިފައިގެން.—ފޮޓޯ: ދިރާގު

ދިރާގުން ވަނީ މިދިޔަ އަހަރުގެ ފިތުރު އީދާ ގުޅިގެން ވެސް ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.