ދިރާގު އީދު ހަދިޔާ: ސޯޝަލް މީޑިއާ ހިލޭ

ދިރާގުން މިފަހަރުގެ އީދު ހަދިޔާގެ ގޮތުގައި ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ހިލޭ އަދި ޚާއްސަ ޑޭޓާ ޕެކޭޖްތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މީގެ އިތުރުން އިންސްޓަގްރަމް ފޮޓޯ މުބާރާތަކާއި ބަންގްލަދޭޝް އަށް ގުޅުމަށް ޚާއްސަ ރޭޓެއް ވެސް ދިރާގުން ވަނީ މި ޕްރޮމޯޝަނުގައި ހިމަނައިފަ އެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގައި ޓުވިޓާ، އިންސްޓަގްރާމް، ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް އަންނަ ހުކުރުދުވަހާ ހަމައަށް ހިލޭ ބޭނުން ކުރެވޭނެ އެވެ. އެ ޚިދުމަތް ހޯދަން ބޭނުންވާ ދިރާގުގެ ކަސްޓަމަރުން އަންނަ އަންގާރަދުވަހުގެ ކުރިން އެކްޓިވޭޓް ކުރަން ޖެހެ އެވެ. ޚިދުމަތް ލިބޭނީ #8*123* ޖެހުމުންނެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ހާއްސަ ޑޭޓާ ޕެކޭޖުގައި އާންމުކޮށް 500 އެމްބީ ލިބޭ 99 ރުފިޔާގެ ޕެކޭޖަށް އެއް ޖީބީ، ދެ ޖީބީ ލިބޭ 199 ރުފިޔާގެ ޕެކޭޖަށް ހަތަރު ޖީބީ ވަނީ އިތުރުކޮށްފަ އެވެ. އަދި ތިން ޖީބީ ލިބޭ 249 ރުފިޔާގެ ޕެކޭޖަށް ހަ ޖީބީ ވަނީ އިތުރުކޮށްފަ އެވެ. މި ހިދުމަތް ވެސް ލިބޭނީ #8*123* ޖެހުމުންނެވެ.

ޑޭޓާ ޕެކޭޖްގެ ޚިދުމަތް ބޭނުންވާ ކަސްޓަމަރުން ވެސް އަންނަ އަންގާރަދުވަހުގެ ކުރިން އެކްޓިވޭޓް ކުރަން ޖެހެ އެވެ. ޚާއްސަ ޑޭޓާ ޕެކޭޖްތައް ވެސް އަންނަ ހުކުރުދުވަހާ ހަމައަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ މިއަދު އެއްކޮށް ހިލޭ ވައިބާ ލިބޭ ގޮތް ހަދައިފަ އެވެ. އެ ޚިދުމަތް ވެސް ލިބޭނީ #8*123* ޖެހުމުންނެވެ.

މި ޕްރޮމޯޝަނުގައި ހިމެނޭ އިންސްޓަގްރަމް ފޮޓޯ މުބާރާތުގައި ބައިވެރިވުމަށް “އީދު މޯމެންޓްސް އެމްވީ” ހޭޝްޓެގް ބޭނުންކޮށްގެން ފޮޓޯއެއް އަޕްލޯޑް ކުރުމުން މި މުބާރާތުގައި ބައިވެރިވެވުނީ އެވެ. އަންނަ މަހުގެ އެކެއްގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އައިޕެޑް ޕްރޯއެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ބަންގްލަދޭޝް އަށް ގުޅުމަށް ކަނޑައަޅަފައިވަނީ 0.65 ރުފިޔާގެ އައިޑީޑީ ހާއްސަ ރޭޓެކެވެ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭ މި ޚިދުމަތް ބޭނުން ކުރުމަށް 018 ނުވަތަ 019 ގެ ކޯޑު ބޭނުން ކުރަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.