ސަމާލުވޭ! ބީއެމްއެލް ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

މިހާރަކަށް އައިސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި އާންމުންނަށް ގުޅައި ބީއެމްއިލްގެ އެކައުންޓްތަކުގެ މައުލޫމާތު ހޯދުމަށް އެކިފަރާތްތަކުން މަސައްކަތްކުރަމުންދާތީ އެކަމާ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާރަކަށް އައިސް ކަސްޓަމަރުންނަށް ގުޅައި އެކިއެކި ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބީއެމްއެލްގެ އެކައުންޓްގެ މައުލޫމަތާއި އަދި ފައިސާ ފޮނުވަން އެދެމުންދާކަމުގެ ރިޕޯޓްތައް ލިބެމުންދަނީ ލިބެމުންނެވެ.

“މިފަދަ ކޯލުތަކަކީ ސައްހަ ނޫން ކޯލް ތަކަކަށްވީ ހިނދު، އަޅުގަނޑު،މެންގެ އިލްތިމާސަކީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވެ ހުރިހާ ވަގުތެއްގައިވެސް މިފަދަ ކަންކަމުން ރައްކާތެރިވުމެވެ،” ބަޔާނުގަިއވެ އެވެ.

ބީއެމްއެލް ވަނީ މިފަދަ ފޯން ކޯލް ނުވަތަ އީމެއިލް މެދުވެރިކޮށް އެފަދަ ފަރާތްތަކުން އެދޭ އެކައުންޓްގެ މައުލޫމާތު ހިއްސާ ނުކުރުމަށާއި އަދި ފައިސާ ފޮނުވުނުވުމުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެދިފައެވެ.

މީގެ ކުރިންވެސް އޮޅުވާލައިގެން ތަފާތު ނަންނަމުގައި ފައިސާ ނަގަމުން ދާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ބީއެމްއެލްއިން ވަނީ އެކަން ކަސްޓަމަރުގެ ސަމާލުކަމަށް ގެނެސް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.