އެސޯސިއޭޝަން އޮފް ކަމަދޫ އިނިޝިއޭޓިވްސް (ޔަކީސް ޖަމިއްޔާ( ގެ ފަރާތުން ފިތުރު އީދު ދުވަހާ ގުޅުވައިގެން އެރަށު ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ވަންޑޭ ތްރީ އޮން ތްރީ ސޮކަރ ކަޕްގެ ޗެމްޕިއަންކަން ދި ފްރެންޑްސް ހޯދައިފި އެވެ.
ޖުމްލަ ހަތް ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމު ހޯދީ 1-0 ލަނޑުން އެފްސީ ފަލްކޮން ބަލިކޮށްގެންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ހޮވުނީ ދި ފްރެންޑްސްގެ އަރުސުން ސާހިރު، މުހައްމަދު އައްބާސް އަދި ފްލައި ހޯވްކްގެ ޔާސިރު މުހައްމަދު އެވެ.
މިއީ ކަމަދޫގައި ފުރަތަމަ ފަހަރަށް ބޭއްވި ތްރީ އޮން ތްރީ މުބާރާތެވެ. ޔަކީސް ޖަމިއްޔާ އިން ބުނީ އަންނަ އަހަރުވެސް އެރަށުގައި މި މުބާރާތް ބާއްވާނެ ކަމަށެވެ.