ބޯ ފެނުގެ ނިޒާމު ގާއިމުކުރަން ބޭނުންވާ ބައެއް ސާމާނު ގެނެސްފި

އޭދަފުށީގައި ސާފު ބޯފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ބައެއް ސާމާނު މިއަދު މިރަށަށް ބޭލުމުގެ މަސައްކަތް ކުރަނީ–

ބ. އޭދަފުށީ ސާފު ބޯފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ބައެއް ސާމާނު މިރަށަށް މިއަދު ގެނެސްފި އެވެ.

މިއަދު މިރަށަށް ގެނައި ތަކެތީގެ ތެރޭގައި ހިމެނީ މަސައްކަތުގައި ބޭނުންކުރާ މެޝިނަރީޒް އާއި މަސައްކަތް ފަށައިގަންނަން ބޭނުންވާ ބައެއް ސާމާނެ އެވެ.

ބ. އޭދަފުށީގައި ސާފު ބޯ ފެނުގެ ނިޒާމު މަޝްރޫއުގެ މަސައްކަތް މިދިޔަ އޭޕްރިލް މަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން އާ އެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. އަދި މި މަޝްރޫއު ނިމޭއިރު ބޯ ފެނުގެ ހިދުމަތް ގާއިމުވެ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ގުޅާ ދެވެނެކަމަށް އެންވަޔަރަމަންޓް ބުނެއެވެ. އެ މަސައްކަތް ސެނޮކްއާ ހަވާލު ކުރީ އެގްރީމެންޓްގައި ސޮއިކުރި ތާރީޙުން ފެށިގެން 7 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

އޭދަފުށީގައި ބޯފެން މިހާރު ބޭނުންކުރަނީ ތާންގީގައި ފެން ރައްކާކޮށްގެންނެވެ. މި ރަށުގައި 3500 މީހުން ދިރިއުޅޭއިރު 500 އެއްހާ ގެ ހުރެ އެވެ.

އޭދަފުށީ ފެނުގެ ނިޒާމު މަޝްރޫއު ފަށަން ތައްޔާރުވަމުން އަންނައިރު ތާރު އަޅައިގެން ރަށުގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއު ވެސް މިހާރު ކުރިއަށް އެބަދެއެވެ. އެހެންވެ ތާރު އެޅުމުގެ މަސްރޫއު ނިމުމުގެ ކުރިން ބޯ ފެނުގެ ނިޒާމު ގާއިމުކޮށް ނިމޭނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.