ބީކޭ ފުޓްސަލް ކަޕް ޑައުންޓައުން ކާމިޔާބުކޮށްފި

ޗެމްޕިއަން ޑައުން ޑައުން ޓީމަށް އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަލީ ރަޝީދު ޓްރޮފީ ދެއްވަނީ. –ފޮޓޯ: ބީކޭ

އިރުމަތީ ލަވާސްގެ މައްޗަށް 4-3 އިން ކުރި ހޯދައި 21 އަހަރުންދަށުގެ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޑައުންޓައުން ފުޓްބޯޅަ ކްލަބު ރޭ ހޯދައިފި އެވެ.

ރޭގެ ފައިނަލުގައި ޑައުންޓައުންގެ ރިހާމް އަބްދުލްޣަނީ ދެ ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ އަލީ ނަސީމު އާއި އިސްމާއިލް ޝަރީފު އެވެ. އިރުމަތީ ލަވާސްގެ ލަނޑު ކާމިޔާބުކުރީ ޒައިން ސަމީރު، މިމްރާހު އަދި ޝަފާހު ދާއޫދު އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ޑައުންޓައުންގެ ރިހާމު އެވެ.

އޭދަފުށީގެ ގްރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕުން ފިތުރު އީދު ބަންދާ ގުޅުވައިގެން ބޭއްވި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޑައުންޓައުންގެ އަލީ ނަސީމު އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ އިރުމަތީ ލަވާސްގެ ޒައިން ސަމީރު އެވެ.

އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހޮވުނީ މިމްރާހު އާއި އަލީ ނަސީމު އެވެ.

މުބާރާތުގެ އެންމެ މޮޅު އަލީ ނަސީމް (ކ) އަށް އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަލީ ރަޝީދު ޓްރޮފީ ދެއްވަނީ. –ފޮޓޯ: ބީކޭ

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޑައުންޓައުންގެ އަލީ ނަސީމާއި އަލީ އަޖުފާނު އަމްދަޖު އާއި އިރުމަތީ ލަވާސްގެ ހައިޝަމް ހަސަން އާއި މިމްރާހު އަބްދުލް އަޒީޒު އަދި ކިންގް ސްޕޯޓްސްގެ ޒަހުވާން އަބްދުއްސައްތާރު އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ފެއިމްސް ޔުނައިޓެޑެވެ. އެންމެ މޮޅު މެނޭޖަރަކީ ޑައުންޓައުން ޓީމުގެ މެނޭޖަރު ޝާރިފް އަބްދުލްމަޖީދު އެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.