އޭދަފުށީ ކައުންސިލުގެ ރައީސް ޗައިނާއަށް

ތޮލާލު އަބްދުއްރަހްމާން

ޗައިނާގެ ޒިއާންޖީ ކޮލެޖް އޮފް ފޮރިން ސްޓަޑީޒްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެމިނާއެއްގައި ބައިވެރިވުމަށް އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން މިރޭ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

“ސެމިނާ އޮން މެނޭޖްމަންޓް ކެޕޭސިޓީ ފޯ ލޯކަލް ކައުންސިލްސް” ގެ ނަމުގައި ބާއްވާ މި ސެމިނާގައި ތޮލާލު ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ރަށްރަށުގެ ކައުންސިލަރުންގެ ތެރެއިން ހޮވާލެވުނު 10 ބޭފުޅުންގެ ތެރޭގައި ހިމެނިގެންނެވެ. ކައުންސިލަރުންގެ އިތުރުން އެލްޖީއޭ އާއި ރައީސް އޮފީހުގެ ބޭފުޅުންވެސް މި ސެމިނާގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ޗައިނާގައި އޮންނަ ސެމިނާގައި ބައިވެރިވަޑައިގަންނަވާ ކައުންސިލަރުންނާއި އޮފިޝަލުން ފުރުމުގެ ކުރިން ގްރޫޕް ފޮޓީޯއަކަށް ހުއްޓިގެން

ޖުލައި 1 އިން 21 ގެ ނިޔަލަށް ކުރިއަށްގެންދާ މި ސެމިނާގެ ބައިވެރިން ޗައިނާގެ ބައެއް ސިޓީ ތަކުގެ އިތުރުން ޕްރޮވިންސްތަކަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފަ އެވެ.

އެލްޖީއޭ އިން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ރަށު ކައުންސިލްތަކަށް ޚާއްޞަ ކުރެވުނު ފުރުސަތުތަކަށް ކައުންސިލްތައް ހޮވާފައިވަނީ އެންމެ ފަހުގެ “ލޯކަލް ކައުންސިލްސް ޕާރފޯމެންސް އިންޑެކްސް” އިން އެންމެ މަތިން ރޭންކް ކުރެވުނު ރަށު ކައުންސިލްތަކެވެ. އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވާ ރަށު ކައުންސިލްތަކަކީ ށ. މަރޮށި، ށ.ފުނަދޫ ، ރ. ވާދޫ، ރ. އުނގޫފާރު، ބ.އޭދަފުށި، ކ.ހުރާ، ކ.ގުރައިދޫ، ކ.ގުޅި އަދި ގދ. ތިނަދޫ ރަށު ކައުންސިލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.