އޭދަފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ: މުސްތަފާ

މުސްޠަފާ. އޭނާގެ މަސައްކަތަކަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައި. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

އެންމެ އެގާރަ އަހަރުގައި ކީރިތި ޤުރުއާން ހިފްޒްކޮށް އިމާމްވެ ތަރާވީޙް ނަމާދުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި މުސްތަފާ މުޙައްމަދު މަހަކަށްވުރެ ގިނަ ދުވަހު އޭދަފުށީގައި މަޑުކުރުމަށްފަހު ފުރަން ތައްޔާރުވެއްޖެ އެވެ.

އިންޑިޔާގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފުރިހަމަކުރި މުސްތަފާ އެނބުރި އަލުން އެ ގައުމަށް ދިއުމަށްޓަކައި އޭދަފުށިން ފުރާގޮތަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 1 ޖަހާއިރު އެވެ.

މުސްތަފާ(ވ) އޭނާގެ ބައްޕައާއެކު

ނިމިގެންދިޔަ ރޯދަމަހު މިރަށު ހުކުރު މިސްކިތުގައި އިމާމްވެ ތަރާވީޙް ނަމާދުކުރުމުގެ އިތުރުން މުސްތަފާ ވަނީ މިއަތޮޅުގެ ބައެއް ރަށްރަށާއި، ރ. އަތޮޅުގެ ބައެއް ރަށްރަށުގައިވެސް މި ރޯދަމަހު އިމާމްވެ ތަރާވީޙް ނަމާދުކޮށްފައެވެ. މުސްތަފާ އިމާމްވެ ތަރާވީހް ނަމާދުކުރިއިރު ގުރުއާން ކިޔަވަމުންގެންދިޔަލެއް ފަރިތަކަމާއި، ވަރަށް މަދު ރެއަކު ނޫނީ ކުށެއް ނުޖެހި ކިޔެވުން ފުރިހަމަ ކޮށްފައިވުމަކީ ގިނަ ބަޔަކަށް ހައިރާންކަންގެނުވި ކަމެކެވެ.

މުސްތަފާ އޭދަފުށީ ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރަނީ

“އީޓީ” އާ ވާހަކަ ދައްކަމުން މިރޭ މުސްތަފާ ބުނީ އޭދަފުށީގެ ރައްޔިތުންގެ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބިފައިވާކަމަށާއި، އެކަމަށްޓަކައި އޭދަފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. ކުޑަކުއްޖެއްގެ ފަހަތުގައި އިމާމްވެ ނަމާދުކުރުމާމެދު ބައެއް ކަހަލަ ހިޔާލު ތަފާތުވުންތައް ހުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ކުރިމަތިވި ނަމަވެސް އެކަމާ އެހާ ކަންބޮޑު ނުވާކަމަށާއި، އެކަމާގުޅިގެން އެއްވެސް މީހަކާމެދު ހިތްބުރަ ކަމެއް ނެތްކަމަށް މުސްތަފާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.