ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ ޓީމެއް އޭދަފުއްޓަށް

މިއަހަރުގެ ވެޓްރަންސް ފުޓްބޯޅަ މުބާރާތް ފެށުމުގެ މުނާސަބަތުގައި މާފަންނު ޓާފް ދަނޑުގައި ކުޅުނު 50 އަހަރުން މަތީގެ ކުޅުންތެރިންގެ ހާއްސަ ފުޓްބޯޅަ މެޗު: ކުރީގެ ވެޓަރަންސް ޓީމުގެ ހާއްސަ މެޗެއް މިމަހު އޭދަފުށީގައި އޮންނާނެ –. ފޮޓޯ:ނިޝާން އަލީ/މިހާރު

ރާއްޖޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ ވެޓަރަންސް ފުޓްބޯޅާ ޓީމު އެކުވެރި ކަމުގެ މެޗެއް ކުޅުމަށް އޭދަފުށްޓަށް އަންނަގޮތަށް ހަމަޖެހިއްޖެ އެވެ.

ވެޓަރަންސް ޓީމު ހިންގުމުގައި މިވަގުތު އިސްކޮށް އުޅުއްވާ އަހްމަދު ނާސިރު ބުނި ގޮތުގައި މިމެޗު ޝެޑިއުލުކޮށްފައި ވަނމިމަހުގެ 21 ވަނަ ދުވަހަށެވެ. މެޗު ލައިވްކޮށް ދެއްކޭތޯވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ނާސިރު ބުންޏެވެ.

ނާސިރު ބުނީ، މި މެޗުގައި އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިން ފެންނާނެ ކަމަށެވެ.

އޭދަފުށީ ވެޓަރަންސް ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ރާއްޖެއަށް ފުރަތަމަ ރިހިމެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު ޢަބްދުލް ވާހިދު ޙުސައިން އެވެ. މީގެ އިތުރުން އޭރު އޭދަފުށީ ޓީމުގެ ފޯވާޑް ލައިންގައި މޮޅު ކުޅުމެއް ދެއްކި އަޙްމަދު ރިޟާ އާއި 15 އަހަރު އެއްވަނަ ޑިވިޝަނުގައި ކުޅެފައިވާ އިބްރާހީމް ފައުޒީ ހިމެނެ އެވެ.

އޭދަފުށީ ވެޓަރަންސް ޓީމު ދަނޑަށް، މިއީ ފެށުމެއް

“ވެޓަރަންސް ސީރީސް” ގެނަމުގައި ބާއްވާ މިފުޓްބޯޅަ މެޗް ސްޕޮންސާކޮށްފައިވަނީ “ސަލްސާ” ގެފަރާތުން ކަމަށް ނާސިރު ބުންޏެވެ. އޭނާ ބުނީ ސަލްސާގެ އެހީ ނުލިބުނު ނަމަ މިވަރުގެ މެޗެއް ރާވައި ހިންގުމަކީ ދަތިކަމަކަށް ވާނެކަމަށާ، ސަލްސާއިން މިކަމަށް ބަހައްޓަވާ ޝައުގުވެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ސަލްސާގެ އެހީގައި މިމެޗް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލައިވްކޮށް ބަލާލުމުގެ ފުރުސަތު ހަމަޖެހޭތޯވެސް މަސައްކަތް ކުރަމުންދާކަމަށް ނާސިރު ބުންޏެވެ.

ނާސިރު ކުރިން ބުނި ގޮތުގައި އޭދަފުށީ ވެޓަރަންސް ޓީމު އެކުލަވާލުމުގެ މަޤްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމާއި އެންމެން އެކުގައި މަސައްކަތް ކުރުމެވެ. އަދި ވަރަށް އަވަހަށް ކްލަބެއްގެ ގޮތުގައި ޓީމު ރަޖިސްޓްރީކޮށް ބޮޑެތި މުބާރާތްތަކުގައި ވާދަކުރާނެ ކަމަށްވެސް އޭނާ ބުނެ އެވެ.
އެ ޓީމުން ވަނީ މިއަހަރުތެރޭ އެކުވެރިކަމުގެ ގިނަ މެޗުތަކެއްވެސް ކުޅެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު = ސީޓޭ

    ވެޓްރަންސް ޓީމް ވެސް މުހިންމު……..
    ދިވެހިރާއްޖޭގަ އެންމެ ގިނަ “ހުނަރުވެރި” ކުޅުންތެރިންތަކެއް އުފެދިގެން އައި ރަށަކީ އޭދަފުށި ކަމުގައި ބެލެވިދާނެ. ފުޓްބޯޅައިގެ “ދިގު” ތާރީޚެއް އޮތް އޭދަފުށްޓަކީ، ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ބޭނުންވާ ރަށެއް. ދަނޑަކަށް އެދި ސަރުކާރު ތަކުގައި ސަލާމް ޖަހަމުން އަންނަތާ ވީދުވަހެއް ހަނދާން ނެތި ހިގައްޖެ. ކޮންމެ ވޯޓަކާއި ގުޅިގެންޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހަދައިދޭނެ ކަމުގެ ހުވަފެން، އޭދަފުށިގެ “ހޭލުންތެރި” ޒުވާނުންނަށް ދައްކަމުން ގެންދޭ……. ރެޑްވޭވް ސަލީމް އެމްޕީ އަކަށް ހޮވައިފިނަމަ، ނަޒީރު އަޅައިދޭން ބުނި ފުޓްބޯޅަ ދަނޑު ކޮބައިތޯ…… ޒުވާނުން ގުނބޯ ހެދިފަ….. “ފޭލި” ރަށު ކައުންސިލް ހިންގުމުގަ އަވަދި ނެތި…… އޭދަފުށީގެ ތަރައްޤީ އޮތީ އަނދިރީގަ….ބޮޑު މެޖޯރިޓީ އޮތް ފުޅާ ސަރުކާރުގެ މެޖޯރިޓީ އޮތް ރަށު ކައުންސިލުން، އޭދަފުށީގެ ޒުވާނުންނަށް ކޮށްދެވުނު ކަމެއް “ހަތްޙަރާމުން ޙަރާމް”

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.