ބ. ކަމަދޫ ކައުންސިލަށް މެމްބަރަކު އިންތިހާބުކުުރުމަށް ބައި-އިލެކްޝަނަކަށް ފުރުސަތު ހުޅުވާލައި، އަންނަ މަހުގެ 19 ގައި އިންތިހާބު ބާއްވަން ނިންމައިފި އެވެ.
ބައި އިލެކްޝަނަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވާ އިރު، ސުންގަޑި ހަމަވާނީ މި މަހުގެ 17 ގަ އެވެ.
ކަމަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ، އެމްޑީޕީގެ ކައުންސިލަރު އަލީ މައުސޫމް ކައުންސިލްގެ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ.
ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން، ކައުންސިލަރަކު އިސްތިއުފާ ދެއްވައިފި ނަމަ، އެ މަގާމަށް މީހަކު އައްޔަން ކުރުމަށް ބައި އިލެކްޝަން ބާއްވަން ޖެހޭނެ އެވެ.
ކަމަދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީޕީއެމް އަދި އެމްޑީޕީގެ ދެ މެމްބަރުންނެވެ.