މުބާރާތަށް އޭދަފުށީގެ ދަނޑުގެ ވެލިގަނޑު އެއްވަރުކޮށް ހަރުކުރަން ފަށައިފި

ބ. އޭދަފުށީ ފުޓްބޯޅަ ދަނޑުގެ ބިންގަޑު ހަރުކުރުމުގެ ގޮތުން ދަނޑުގެ އުތުރުކޮޅަށް ޕަންޕް ޖަހައިގެން މޫދުން މިއަދު ލޮނު ޖަހަނީ.–ނިޔަމި ފޮޓޯ

ބ. އޭދަފުށީގައި މި މަހުގެ 21 އިން 30 އަށް ބާއްވަން ހަމަޖެހިފައިވާ ވަތަނިއްޔާ ދިވެހި ލީގަށް ކޮލިފައިވުމަށް ކުޅޭ ޒޯން 3 ފުޓްބޯޅަ މުބާރާތުގައި މެޗްތައް ކުޅުމަށް ހަމަޖެހިފާއިވާ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވެލިގަނޑު އެއްވަރުކޮށް ހަރުކުރަން ފަށައިފި އެވެ.

ޒަމާނުއްސުރެ އޭދަފުށީގައި ބާއްވާ މުބާރާތްތަކުގައި ބޭނުން ކުރާ ފުޓްބޯޅަ ދަނޑު އެއްވަރު ކުރުމުގެ ގޮތުން އިއްޔެ ވަނީ ދަނޑުގެ އެކި ސަރަހައްދުތަކުން ވެލިގަނޑު ކަހައިފަ އެވެ.

އޭދަފުށީ ޔޫތް ސްޕޯޓްސްއިން ކުރިޔަށްގެންދާ މި މަސައްކަތުގެ ދަށުން މިއަދު ވަނީ ދަނޑުގެ ބިންގަޑު ހަރުކުރުމުގެ ގޮތުން ދަނޑުގެ އުތުރުކޮޅަށް ޕަންޕް ޖަހައިގެން މޫދުން ލޮނު ޖަހައިފަ އެވެ.

ޔޫތުން ބުނީ މާދަމާ ވެސް ދަނޑުގެ ހުރިހާ ސަރަހައްދަކަށް ލޮނު ޖަހާނެ ކަމަށާއި ބިންގަޑު ވެސް ލެވެލް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބްތަކަކުން އެކުވެރިކަމުގެ މެޗްތައް ކުޅެފައިވާ އަދި ރާއްޖޭގެ ފުޓްބޯޅަ އަށް އަގުހުރި ދަރިންތަކެއް ނެރެދީފައިވާ އޭދަފުށީ ފުޓްބޯޅަ ދަނޑަކީ މި ޒޯންގެ ދަނޑުތަކާ އަޅާބަލާއިރު އެންމެ ފެންވަރު ދަށް އެއް ދަނޑެވެ. އޭދަފުށީގައ ބާއްވާ ބޮޑެތި ހުރިހާ މުބާރާތެއްގައި ވެސް މި ވާހަކަ ވަރަށް ފުޅާކޮށް ދެކެވެ އެވެ. އެހެން ނަމަވެސް ދަނޑު ތަރައްޤީ ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން މާބޮޑު އެއްބާރުލުމެއް ދޭ ތަނެއް ނުފެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.