މާދަމާ އެކި ވަގުތުތަކުގައި ކަރަންޓް ކަނޑާލެވޭނެ. އިންޖީނުގެ

32781471

އިންޖީނެއްގެ މަރާމާތު މަސައްކަތެއް ކުރުމަށްޓަކައި މާދަމާ އެކި ގަޑިތަކުގައި މިރަށުގެ އެކިސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ގެންދާނެ ކަމަށް ބ. އޭދަފުށީ އިންޖީނުގެ އިން މިއަދު ބުނެފި އެވެ.

އިންޖީނުގޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާދަމާ ހެނދު 6:00 ން ފެށިގެން އެކި ގަޑިތަކުގައި ބައިގަޑިއިރަށް ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓް ކަނޑަން ޖެހެނީ އިންޖީނުގޭގައި ބޭނުންކުރަމުންދާ 300 ކިލޯ ވޯޓްގެ ޖަނަރޭޓަރު ރޯދަމަހުގެކުރިން ކޮންމެހެންކުރަންޖެހޭ މަރާމާތު މަސައްކަތެއް ކުރުމަށް ނިއްވާލަންޖެހޭތީ ކަމަށެވެ. އަދި މިކަމަށް ދެދުވަސްވަރު ނަގާނެކަމަށާ، މިމަސައްކަތް މެދުނުކެނޑި ކުރިޔަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.

އޭދަފުށި އިންޖީނުގެއިން ބުނީ ކަރަންޓް ކަނޑަންޖެހޭނީ ލޯޑްމަތީ ވަގުތު ތަކުގައި ކަމަށާ، ވީމާ، މަތީ ކަރަންޓް ބޭނުންކުރާ ސާމާނު ވީހާވެސް މަދުން ބޭނުންކުރުމަށް އެދޭކަމަށެވެ.

“ގިނައިން ކަރަންޓް ނަގާ ތަކެތި ވީހާ ވެސް މަދުން ބޭނުން ކުރުމަކީ އަޅުގަޑުމެންގެ ވަރަށްބޮޑު އެދުމެއް. އެގޮތުން މާދަމާ ރޭ ވެސް ފަނަރަ ވަރަކށް މިނިޓަށް ކަރަންޓް ކެނޑުން އެކަށީގެންވޭ. އެހެންވެ އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އަޅުގަނޑުމެން މައާފަށް ވެސް އެދެން.”

އޭދަފުށީ އިންޖީނުގޭގައި ބޭނުންކުރާ 250 ކިލޯވޮޓްގެ ޖަނަރޭޓަރު މައްސަލަޖެހި މަރާމާތު ކުރުމާ ގުޅިގެން މިމަހުގެ ކުރީކޮޅާ މެދުތެރޭގައިވެސް ބައެއް ދުވަސްދުވަހު އޭދަފުށީގެ އެކިސަރަހައްދުތަކުން ކަރަންޓް ކަނޑާލަންޖެހުނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.